April 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

‎ތާލިބާނުންގެ އިންޒާރު ޕާކިސްތާނަށް: އަދި މި ބޭނުންކުރީ އެންމެ 10% ގެ ހަތިޔާރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 14, 2025, 03:01 PM
މާލެ ސިޓީ

މިހާރު ކުރިއަށްދާ ޕާކިސްތާން ތާލިބާނުންގެ ހަނގުރާމައިގައި ތާލިބާނުންގެ 21 އަށް ވުރެ ގިނަ ބޯޑަރު ޕޯސްޓްތައް ޕާކިސްތާނުން އަތުލައިގަނެފައިވާތީ ތާލިބާނުން ޕާކިސްތާނަށް އިންޒާރު ދީފިއެވެ.

Advertisement

އިންޑިއާގެ މޯދީގެ ސަރުކާރުގެ އެހީތެރިކަމާއި އެކު ކުރިއަށްދާ މި ހަނގުރާމައިގައި ތާލިބާނުން މިހާތަނަށް ބޭނުންކުރީ އަދި އެންމެ 10% ކަމަށާއި ކުރިއަށް އޮތް ތަނުގައި ހަމަލާތައް ވަރުގަދަވާނެ ކަމަށް ތާލިބާނުން ބުނެފައިވެއެވެ.

މިއާއި އެކު އިންޑިއާއިން ތާލިބާނުންނަށް ސިއްރިއްޔާތުގައި ހަތިޔާރު ފޯރުކޮށްދެމުން އަންނަ ކަމަށް ޕާކިސްތާނުގެ އިތުރުން އެހެން ގައުމުތަކުންވެސް އަންނަނީ ތުހުމަތުކުރަމުންނެވެ.

މީގެ އެއް ސަބަބަކީ މި ހަނގުރާމަ ފެށުނު ތަނުން އިންޑިއާއިން ތާލިބާނުންނާއި އެކު ދިފާއީ އެއްބަސްވުމެއް ހަދާ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރުމާއި ގުޅިގެންނެވެ.

-
-

މީގެ އިތުރުން، ތާލިބާނުން ވަނީ ޕާކިސްތާނުގެ 58 ސިފައިން މިހާތަނަށް ޝަހިދުކޮށްފައިކަން ރިޕޯޓްތަކުން ހާމަވެއެވެ.

އިންޑިއާއިން އަފްޣާނިސްތާނުގެ ބިމުގެ ސަރަހައްދު ބޭނުންކޮށްގެން އަންނަނީ ޕާކިސްތާނާއި ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ރާވާ ހިންގާ ހަނގުރާމައަށް އެހީތެރިވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved