April 9, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

އިންޑިއާގެ ރެޑް ފޯޓްގައި ބޮޑެތި ގޮވުންތަކެއް، ގިނަ ބަޔެއްގެ ހާލު ސީރިއަސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 11, 2025, 12:47 AM
މާލެ ސިޓީ

އިންޑިއާގެ ރެޑް ފޯޓްގައި ގިނަ އަދަދެއްގެ ގޮވުންތަކެއް ގޮވާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.

Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ފުރަތަމަ ގޮވުން ގޮވީ ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ ގޭޓް ނަންބަރު 1 ކައިރީގައި އޮތް ކާރެއްގައެވެ. މި ގޮވުމުގައި އެކަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވާއިރު، އިތުރު ބައެއް މީހުން ވަނީ ޒަޚަމްވެ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

މި ހަމަލާގެ ތުހުމަތު އިންޑިއާއިން ޕާކިސްތާނުގެ ބޮލުގައި އަޅުވާ ޕާކިސްތާނަށް ހަމަލާދޭނެ ކަމަށް ކަމާއި ބެހޭ މާހިރުން މިހާރު އަންނަނީ ބުނަމުންނެވެ.

ރެޑް ފޯޓްގެ މި ހާދިސާއާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރަކީ މި ސަރަހައްދަށް ނާޒުކު ވަގުތުތަކެއް ކަަމަށްވެސް މި ފަރާތްތަކުން ބުނެއެވެ. އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ސީދާ ހަނގުރާމަ ފެށިއްޖެ ނަމަ އޭޝިއާ ސަރަހައްދުގެ ހަމަޖެހުން އެއްކޮށް ނެތިގެންދާނެއެވެ. މި ދެ ގައުމަކީވެސް ނިއުކްލިއަރ ގޮތުން ބާރުގަދަ ދެ ގައުމަށްވާއިރު އިންޑިއާގެ ރެޑްފޯޓްގެ މި ހަމަލާއާއި ގުޅިގެން އިންޑިއާއިން ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެއެވެ.

ގޮވުންތަކާއި ގުޅިގެން އިންޑިއާގެ ވެރި ރަށް ދިއްލީ ވަނީ މިހާރު ހައި އެލާޓަށް ގެނެސްފައެވެ.

ސަރުކާރުގެ މުހިންމު ސަރަހައްދުތަކާއި ފަތުރުވެރިންގެ ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރެޑްފޯޓް ކައިރީގައި ޓްރެފިކް ޑައިވަރޝަންތައް ވެސް ވަނީ ކަނޑައަޅާފައެވެ. ދިއްލީ ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައި ވަނީ ޓެރަރިޒަމް ހިމެނޭ ގޮތަށް ކުރެވިދާނެ ހުރިހާ އެންގޭޖްތަކެއް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް ސަބަބު ކަށަވަރު ކުރަން އަދި މާ އަވަސް ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ރެޑްފޯޓްގައި ގޮވުންތައް ގޮވުމަކީ އޭގެ ނާޖާއިޒު ފައިދާ އިންޑިއާ ސަރުކާރުން ނަގާނެ ކަމެއް ކަމަށް ބެލެވެއެވެ.

އިންޑިއާގެ އެންމެ އައިކޮނިކް އެއް ލޭންޑްމާކް އަދި ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދުގެ ގޮތުގައި ހިމެނޭ ރެޑްފޯޓަކީ އެ ގައުމުގެ މިނިވަން ދުވަސް ފަދަ ގައުމީ ބޮޑެތި ހަރަކާތްތައް އަބަދުވެސް ބާއްވަމުން އަންނަ ތަނެކެވެ. މިފަދަ ފާހަގަކޮށްލެވޭ ތަނެއްގެ ކައިރީގައި ހިނގާ ގޮވުންތަކުގެ ސަބަބުން މުޅި ގައުމުގައި ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި އޭގެ ރައްދު ސަރުކާރުން ދޭން ތައްޔާރުވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved