April 9, 2026
Advertisement
-
- / އަލްޖަޒީރާ

މޯދީ ސަރުކާރުން ތާލިބާނުންނަށް ވާގިވެރިވެ ޕާކިސްތާނާއި ދެކޮޅަށް ހިންގި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 19, 2025, 11:54 PM
މާލެ ސިޓީ

މޯދީ ސަރުކާރުން ތާލިބާނުންނަށް ވާގިވެރިވެ ޕާކިސްތާނާއި ދެކޮޅަށް ހިންގި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

Advertisement

މި އެއްބަސްވުމާ ހަމައަށް ވާސިލުވީ ގަތަރާއި ތުރުކީގެ މެދުވެރިވި މަޝްވަރާތަކަށްފަހުއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ 2021 ވަނަ އަހަރު ތާލިބާނުން ކާބުލްގެ ވެރިކަން ނެގިފަހުން އިންޑިއާގެ މޯދީ ސަރުކާރަށް ބައިއަތުހިފާ އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން ޕާކިސްތާނަށް ހަމަލާދީ ދެކުނު އޭޝިއާގެ ހަމަޖެހުން ނަގާލާ ލޭއޮހޮރުވުންތައް ގިނަވެ ސަރަހައްދީ ނުރައްކާ ބޮޑުވުމުންނެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، އެ ދެ ގައުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ދެމިހުންނަ ސުލްހަ އާއި ހަމަޖެހުން ކަށަވަރު ކުރުމަށްޓަކައި މެކޭނިޒަމްތަކެއް ގާއިމުކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ، ވައުދުވީ ގޮތަށް، ޕާކިސްތާނުގެ ފަރާތާއި އެކު މަޝްވަރާތައް މިއަދު ދޯހާގައި ކުރިއަށްދާނެ ކަމަށެވެ. އަދި، އަފްޣާނިސްތާނުގެ ދިފާއީ ވަޒީރު މުއްލާ މުހައްމަދު ޔައުގޫބްގެ ވެރިކަމުގެ ދަށުން އެ ގައުމުގެ މަޝްވަރާ ޓީމު ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ، އެ ގައުމުގެ ދިފާއީ ވަޒީރު، ޚަވާޖާ މުހައްމަދު އާސިފް، އަފްޣާނިސްތާނުގެ ތާލިބާން ލީޑަޝިޕްގެ މަންދޫބުންނާއެކު މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެފައިވާ ކަމަށެވެ.

މި ހަނގުރާމައިގައި ޕާކިސްތާނުން ވަނީ ތާލިބާނުންގެ 21 އަށްވުރެ ގިނަ ބޯޑަރު ޕޯސްޓްތައް އަތުލާ ނުސީދާ ގޮތެއްގައި އިންޑިއާއަށް ވަރުގަދަ ރައްދެއް ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved