April 9, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 11, 2025, 09:10 PM
މާލެ ސިޓީ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ކޯޓެއްގެ ބޭރުގައި މިއަދު ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންނާއި ސިއްހީ އޮފިޝަލުން ބުނެފި އެވެ.

Advertisement

މި ގޮވުން ހިނގާފައިވަނީ ސަރުކާރުގެ އޮފީސްތަކާއި ފިހާރަތަކުން ވަށާލެވިފައިވާ ބިޒީ ސަރަހައްދެއް ކަމަށްވާ ޖީ-11 ސެކްޓަރުގެ ކޯޓު އެންޓްރެންސް ކައިރިންނެވެ.

މި ހަމަލާ އަކީ “ސުއިސައިޑް ބޮމްބް” ހަމަލާއެއް ކަމަށް ޕާކިސްތާނުގެ ސަލާމަތީ އިދާރާތަކުން ވަނީ ބުނެފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހަމަލާދިން މީހާ ހިނގާފައި އައިސް ގޮވާތަކެތި ގޮއްވާލާފައިވަނީ ކޯޓުގެ ބޭރުގައި ބަހައްޓާފައި ހުރި ފުލުހުންގެ ވެހިކަލެއްގެ ކައިރީގައެވެ. ގޮވުމުގެ ސަބަބުން ވެހިކަލުގެ ކައިރީގައި ތިބި މީހުންނާއި ކައިރީގައި ހުރި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޒަޚަމްވި މީހުންގެ ތެރޭގައި ފުލުހުންގެ ބައެއް އޮފިސަރުންވެސް ހިމެނެއެވެ.

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއް މިއަދު ދީފައިވާއިރު އިންޑިއާގެ ރެޑް ފޯޓްގައި އިއްޔެ ވަނީ ގޮވުންތަކެއް ގޮއްވާލާފައެވެ. އިންޑިއާގައި ދިން ހަމަލާގެ ޒިންމާ އިންޑިއާ ސަރުކާރުގެ ޕާޓީ ބީޖޭޕީއިން މުސްލިމުންނާއި ޕާކިސްތާނުގެ ބޮލުގައި އަޅުވާފައިވާއިރު އިންޑިއާއިން ބަދަލުގައި ހަމަލާދޭނެކަމަށް ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ޕާކިސްތާނުގައި ދިން ހަމަލާއަކީ އިންޑިއާއިން ދިން ހަމަލާއެއް ކަމްށް ގިނަ ބަޔަކު ބުނަމުންދާއިރު ޕާކިސްތާނުން ރަސްމީކޮށް މިކަމަށް އެއްޗެއް ބުނެފައިނުވެއެވެ.

ދެ ގައުމުގައިވެސް ޖާސޫސީ އޮފިސަރުން ތިބޭ އިރު މިއީ ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ހަނގުރާމަ ފެށިގެންދާނެ ކަމުގެ އެލާޓް ކަމަށްވެސް ކަމާއި ބެހޭ މާހިރުން ބުނެއެވެ.

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved