April 9, 2026
Advertisement
-
- / އަލްޖަޒީރާ

މޯދީ ސަރުކާރުގެ އެހީތެރިކަމާއިއެކު ތާލިބާނުން ދިން ހަމަލާތަކުގައި 58 ޕާކިސްތާން ސިފައިން ޝަހީދުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 12, 2025, 10:31 PM
މާލެ ސިޓީ

މޯދީ ސަރުކާރުގެ އެހީތެރިކަމާއިއެކު ތާލިބާނުން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 58 ޕާކިސްތާން ސިފައިން ޝަހީދުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ޕާކިސްތާނުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ތާލިބާނުން ހަމަލާދެމުން އަންނަނީ މޯދީ ސަރުކާރުގެ އެންގުމަށެވެ. ޕާކިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި އިންޑިއާއިން އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން ޓެރަރިސްޓް ޖަމާއަތްތަކުން ޕާކިސްތާނަށް ހަމަލާދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި މި ހަމަލާތައް ނުހިނގާނެ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުންވަނީ ރައްދު ހަމަލާތަކެއް ދީ ދޫރަންދް ލައިންގައި ވާ ތާލިބާނުންގެ ބޭސްތައް ނައްތާލައި ސަރަހައްދުގެ ކޮންޓްރޯލް ނަގާފައެވެ. ޕާކިސްތާނުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ސަލާމަތީ ބާރުތަކުން އަފްޣާނިސްތާނުގެ ބޯޑަރު 19 ޕޯސްޓެއް ހިފެހެއްޓާފަިއވާ ކަމަށާއި އަދި ތާލިބާން ހަނގުރާމަވެރިންގެ 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނާ ގޮތުގައި އެއްވެސް ބަޔަކަށް އެ ގައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ޕާކިސްތާން އޮތީ ކޮންމެ ބަޔަކާއި ހަނގުރާމަ ކުރަންޖެހުނަސް ވަރުގަދައަށް ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން، ތާލިބާނުން ބޭނުންކޮށްގެން އެ ގައުމާއި ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ސިއްރު ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން ވަނީ މޯދީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved