March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައީސް އޮފިސް

ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސް އުނިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 12, 2025, 11:18 PM
މާލެ ސިޓީ

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ގައި ހިމެނޭ ސުވާލުތައް ރައީސް މުއިއްޒުގެ ޤަރާރަކުން އިޞްލާޙު ކުރައްވަން މިއަދު ނިންމަވައިފި އެވެ.

Advertisement

އައްޑޫ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެހުމަށް ނިންމި ނިންމުން ބަދަލު ކުރެއްވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމަށްފަހު ރައީސް ނެރުއްވި ގަރާރަކުންނެވެ.

އެހެންކަމުން ދެން ނަގާ ވޯޓުގައި ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަނިކަމަށް ފާސްވެފައިވެއެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން އޮކްޓޫބަރު 5 ގައި ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާއި ގުޅޭ ގަރާރު އިސްލާހުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށްދާނީ އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރައްވައިފައިވާ ގޮތަށް މި ހިނގާ 2025 އޮކްޓޫބަރު 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved