April 9, 2026
Advertisement
-
- / ބީބީސީ

ޕާކިސްތާނުން ތާލިބާނުންގެ ބޯޑަރު ޕޯސްޓްތައް ހިފައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 13, 2025, 12:45 AM
މާލެ ސިޓީ

ޑޫރަންޑް ލައިންގައި ހިނގި ވަރުގަދަ ހަމަލާތަކުގައި ޕާކިސްތާން ސިފައިން ތާލިބާނުންގެ ބޯޑަރުގެ ޕޯސްޓުތައް ކާމިޔާބުކަމާއެކު ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފިއެވެ.

Advertisement

ރޭގެ ވަގުތެއްގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ބަދަލު ހިފުމުގެ އޮޕަރޭޝަންތައް ފެށީ އަނގޫރު އައްދާ، ބަޖާއުރު، ކުރުރަމް، ދިރު، ޗިޓްރާލް، އަދި ބަހުރާމް ޗާ ފަދަ ބޯޑަރުގައި ހިމެނޭ ބައެއް ސަރަހައްދުތަކުގައި އަފްޣާނިސްތާނުގެ ސިފައިން ހަމަލާދޭން ފެށުމުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އަފްޣާނިސްތާނުގެ ޕޯސްޓުތަކަށް އަމާޒުކޮށްގެން އާޓިލަރީ އާއި ޓޭންކު އަދި ޑްރޯން ފަދަ ހަތިޔާރު ބޭނުންކޮށްފައެވެ. އެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ ބޯޑަރު 19 ޕޯސްޓެއް އެ ގައުމުން ވަނީ އަތުލައިގަނެފައިވެއެވެ.

ޕާކިސްތާނުގެ ސްޓޭޓް ބްރޯޑްކާސްޓަރު ޕީޓީވީން ވަނީ ބޯޑަރު ޕޯސްޓްތަކުގައި އަފްޣާނިސްތާނު ސިފައިން ކުރުރާމްގައި ޕާކިސްތާނު ސިފައިންނާ އަމާންދިން ކަމަށް ބުނާ ފޫޓޭޖެއް ދައްކާފައެވެ. ޕާކިސްތާނުން ވަނީ މަނޯޖްބާ ބެޓޭލިއަންގެ މައި މަރުކަޒާއި ޚަރްޗާރު ކިއްލާ ހިމެނޭ ގޮތަށް ތާލިބާނުންގެ ބައެއް ތަންތަން ނައްތާލާފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، މި ހަނގުރާމައިގައި ތާލިބާނުންނަށް އިންޑިއާގެ މޯދީ ސަރުކާރުން ވާގިވެރިވަމުން އަންނަ ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި ބޭރުގެ ބައެއްގެ އެހީތެރިކަމާއި ނުލާ ތާލިބަނުންނަށް މިފަދަ ހަމަލާތައް ނުދެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved