March 16, 2026
Advertisement
-
- / ސްޓެލްކޯ

މީހުން ދިރި ނޫޅޭ އެޕާޓުމަންޓެއްގެ ކަރަންޓު ބިލަށް ހާހުން މައްޗަށް ބިލުކުރާ މައްސަލައެއް!

Oct 13, 2025, 12:47 AM
މާލެ ސިޓީ

މީހުން ދިރި ނޫޅޭ އެޕާޓުމަންޓެއްގެ ކަރަންޓު ބިލަށް ހާހުން މައްޗަށް ބިލުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

އެޕާޓުމަންޓުގެ ވެރިމީހާ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އެ އެޕާޓުމަންޓަކީ މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން ހުސްކޮށް ހުންނަ އެޕާޓުމަންޓެް ކަމަށާ އެތަނަކީ އެ މަހުން ފެށިގެން އެއްވެސް މީހަކު ދިރިއުޅޭ އަދި ކަރަންޓުވެސް ބޭނުންކުރާ އެޕާޓުމަންޓެއް ނޫން ކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރު މަހުގެ ބިލުކަމުގައި ބުނެ ހަދާފައި އިން ކަރަންޓު ބިލަށް 1200 ރ އަށް ވުރެ މައްޗަށް ފައިސާ އަރަން ޖެހުނު ސަބަބެއް ނުވިސްނޭ ކަމަށާ ނަމަވެސް އޭނާ މިހާރު ބިލު ދައްކާފައިވާ ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެެވެ. އޭނާ ވަނީ ކަރަންޓު ބިލުގެ ތަފްސީލު ފެންނަ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

ހުހަށް ހުރި އެޕާޓުމަންޓެއްގެ ކަރަންޓު ބިލަށް 1200 ރުފިޔާ އަރާފައިވޭ
ހުހަށް ހުރި އެޕާޓުމަންޓެއްގެ ކަރަންޓު ބިލަށް 1200 ރުފިޔާ އަރާފައިވޭ

އެމީހާ އިތުރަށް ބުނެފައިވަނީ މިއީ އޭނާ ސަރުކާރާ ދެކޮޅު މީހަކަށް ވެގެން ދައްކާ ވާހަކައެއް ނޫން ކަމަށާ މިއީ ތެދު ހަގީގަތް ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މިންވަރަށް ރައްޔިތުން "ފެލަން" ހެޔޮ ނުވާނެ ކަމަށް ބުނެ އެމީހާ ވަނީ ނުުރުހުން އަމާޒުވެފައެވެ.

މިފަދަ މައްސަލަތަކާ އަދި ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބޭތީ ރައްޔިތުންގެ ނުުރހުން އަމާޒުވުމުން ރައީސް މުއިއްޒު ވަނީ ކުރިން ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުރި ފަހުމީ ވަކިކޮށް، ރައީސް މުއިއްޒުގެ ވަރަށް ގާތް މީހެއް ކަމަށްވާ ޝަމާހު ރަޝީދު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަންކޮށްފައެވެ.

ނަމަވެސް އެއް މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެއިން ކަމަކަށް ހައްލު ލިބިފައިނުވާ ކަމަށް ރައްޔިތުން ބުނެ ޝަކުވާތައް ކުރުން ގިނަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved