March 10, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީންގެ ރަހީނުން މާދަމާ ދޫކުރަން ފަށަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 13, 2025, 03:06 AM
މާލެ ސިޓީ

ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުން ދޫކޮށްލަން މާދަމާ ހަމާސްއިން ފަށާނެ ކަމަށް ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ހަމާސްގެ އެންމެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

Advertisement

ސަހްޔޫނީން-ޣައްޒާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަމަލާގައި ރަހީނު ކުރި މީހުންގެ ތެރެއިން ސަހްޔޫނީން ގަބޫލުކުރާ ގޮތުގައި މިހާރު ދިރިތިބީ 20 މީހުންނެވެ. އެ 20 މީހުންގެ ބަދަލުގައި ފަލަސްތީނުގެ 2،000 އާ ގާތްކުރާ އަދަދަކަށް ރަހީނުން ދޫކުރުމަށް ސަހްޔޫނީން ވަނީ އެއްބަސްވެފައެވެ.

ރަހީނުން ބަދަލުކުރުމަށް ފަހު، ޓްރަމްޕާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިސްކޮށް ހުރެ، ހޯމަ ދުވަހުގެ މެންދުރު ފަހު ރަތް ކަނޑުގެ ރިސޯޓް ޝަރުމް އެލް ޝެއިހުގައި 20 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއެކު ސަމިޓެއް ބާއްވާނެ ކަމަށް މިސްރުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.

އެ ބައްދަލުވުމުގެ މަގުސަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، މެދުއިރުމަތީގައި ސުލްހައާއި ހަމަޖެހުން ހޯދުމަށް ކުރާ މަސައްކަތްތައް އިތުރުކޮށް، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުން ކަމަށް މިސްރުން ބުނެފައިވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ އާއި އިޓަލީގެ ޖިއޮޖިއާ މިލޯނީ، ސްޕެއިންގެ ޕެޑްރޯ ސަންޗޭޒް އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ބައިވެރިވާނެ ކަމަށް ވެސް އެ ގައުމުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved