ސަހްޔޫނީންގެ ބޮމުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކަށް ދެ ކުއްޖަކު ބަލަހައްޓައިގެން / އަލްއަރަބިއްޔާ
ދުނިޔެ
ސަހްޔޫނީންގެ ސިފައިން ޖެނިންއަށް ހަމަލާ ދިނުން އިތުރުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
27 ޖެނުއަރީ 2025

ސަހްޔޫނީންގެ ސިފައިން ޖެނިންއަށް ހަމަލާ ދިނުން އިތުރުކޮށްފިއެވެ.

ސަހްޔޫނީންގެ އިސްތިއުމާރީ ސިފައިން ޖެނިން ސިޓީއާއި އުތުރުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ރެފިއުޖީ ކޭމްޕަށް ހަމަލާ ދޭތާ މިއަދަށް މިވީ ޖެހިޖެހިގެން ހަތް ދުވަހެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ހަމަލާތައް ފެށުނު ފަހުން 16 މީހުން ޝަހީދުވެ، 10 ވަރަކަށް މީހުން ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ޖެނިންގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަން އިތުރަށް ބޮޑުވެ، ދެކޮޅުވެރި ހަނގުރާމަވެރިންނާ ކުރިމަތިލުންތަކެއް ހިނގަމުން ދަނިކޮށް، ސިނަމާ ސްކޮއެއާ މައިދާނާއި ސިޓީ ސެންޓަރުގެ ވަށައިގެންވާ ސަރަހައްދުތައްވަނީ އެއްކޮށް ބުލްޑޯޒަރުތަކުގެ އެހީގައި ފުނޑު ފުނޑު ކޮށްލާފައެވެ.

ހުރިހާ ދިމާލަކުން ވެސް ކޭމްޕް ވަށާލެވިފައިވާއިރު، އެ ސަރަހައްދުގައި ބޮން ގޮވުންތަކާއި ދޭތެރެ ދޭތެރެއިން ހަތިޔާރު އެޅި ހަމަނުޖެހުންތަކުގެ އަޑާއި މަންޒަރު ފެންނަކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved