March 10, 2026
Advertisement
ގާޒާ
ގާޒާ / ބީބީސީ

ފިތުރު އީދުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި 5 ކުޑަ ކުދިން ހިމެނޭހެން 8 މީހަކު ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Mar 31, 2025, 12:39 AM

ފަލަސްތީނުގެ ރައްޔިތުން ފިތުރު އީދުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް އާދީއްތަ ދުވަހު ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި 8 މީހަކު ޝަހީދު ވި އިރު އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެއެވެ.

Advertisement

ހުކުރު ދުވަހު ދިން މި ވައިގެ ހަމަލާ ދީފައިވަނީ މެދުވެރިން މިސްރާއި ގަތަރާއި އެމެރިކާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބްރޯކަރކޮށް، އަދިވެސް ޣައްޒާގައި ބަންދުކޮށްފައި ތިބި ސަހްޔޫނީންގެ ރަހީނުން ދޫކޮށްލުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

ހަމާސްގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވީ މެދުވެރިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އާ ހުށަހެޅުމެއް އެ ޖަމާއަތުން ފާސްކޮށްފައިވާ ކަމަށާއި އެކަމަށް ތާއީދު ކުރުމަށް ސަހްޔޫނީންނަށް އިލްތިމާސްކޮށްފައިވެއެވެ.

ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ އެ ހުށަހެޅުން ލިބުނުކަން ކަށަވަރުކޮށްދީ، އެކަމަށް ރައްދުދީ ސަހްޔޫނީން ކައުންޓަރ ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެންމެ ފަހުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ސަހްޔޫނީން ހިންގި އަސްކަރީ ކެމްޕޭނުގައި ޣައްޒާގައި 50،277 މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved