March 17, 2026
Advertisement
މުއިއްޒު
މުއިއްޒު / ވަގުތު.އެމްވީ

މުއިއްޒު ދަނީ ކިރު ބޯ ކުއްޖާއަށް ދާންދެން ވަޒީފާ ބަހަމުން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 13, 2025, 03:22 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ދަނީ ކިރު ބޯ ކުއްޖާއަށް ދާންދެން ވަޒީފާ ބަހަމުންކަމަށް ކުރީގެ ނައިބު ރައީސްޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ބައެއް ވިޔަފާރިވެރިން މިއަދު ރައީސް މުއިއްޒަށް ތައުރީފުކޮށް ސަނާ ކިޔަމުން ދާއިރު، ރައީސް މުއިއްޒު ގެންދަވަނީ މަގާމުގެ ދިފާއުގައި ވަޒީފާތައް ބަހާ ތާކުން ތާކު ނުޖެހޭ ކަންކަން އިފްތިތާހުކޮށް ރައްޔިތުންނަށް ގެއްލުންވާނެހެން ކަންކަން ބައްޓަން ކުރަމުން ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒު މަޖިލިސް މެމްބަރުންނަށާ ވަޒީފާތައް ވެސް އާންމުންނަށް ދެމުންދާއިރު ރައީސް މުއިއްޒު ގެންދަވަނީ ރަށްރަށަށް އަރާ ކިރުބޯން މަންމަ އުނގުގައި އޮންނަ ތުއްތު ކުއްޖާއަށްވެސް ވަޒީފާދީ ރުހުން ހޯދަން މަސައްކަތްކުރަމުން ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ޓެކްސްއާ އަދި ދައުލަތަށް ދައްކަން ބޮޑެތި ވިޔަފާރިވެރިން ފައިސާގެ ބޮޑެތި އަދަދުތައް ހުރިއިރު އެއިން މީހެއްގައިގައި އަތްލަން ސަރުކާރުތަކަށް ނުކެރޭ ކަމަށާ ނަމަވެސް ނިކަމެތި ކުދި ވިޔަފާރިވެރިން ޓެކްސް ނުދައްކާ ހިނދުކޮޅެއްވާއިރަށް އައިސް ތަންތަން ބަންދުކޮށް އަދަބުދީ ފިޔަވަޅު އަޅާކަންވެސް ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ ޖަމީލު ވަނީ ގާސިމްމެން ފަދަ މީހުންވެސް ހުޝާމަދު ކުރުންވެސް ހައްދެއްގައި ގެންގުޅެން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved