March 17, 2026
Advertisement
..
.. / ރައީސް އޮފިސް

ވައުދު ގޯނި ހިފައިގެން ރައީސް މުއިއްޒު މިފަހަރު ށ. އަތޮޅަަށް!

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:02 PM

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުން ގުނބޯ ހެއްދުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިފަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.އަތޮޅަށް ވަޑައިގެންފިއެވެ.

Advertisement

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ފަހަރުގެ ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި، ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ވަޑައިގަންނަވަ އެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫ އަށް ރައީސް އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ނަމަވެސް މިއީ ވެސް އާދައިގެމަތިން ރައްޔިތުންގެ ކުރިމަތީ ޑެމޭޖް ކޮންޓްރޯލްކޮށް އިތުރަށް ދޮގު ހެދުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved