March 16, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް 13 އަތޮޅަކަށް ހުދު ސަމާލު!

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:08 PM

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، 13 އަތޮޅެއް ހިމެނޭހެން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.

Advertisement

ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެނދުރުފަހު 3:00 އާއި ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދު ސަރަހައްދަކަށެވެ. މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މިއާއެކު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

އެ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved