March 17, 2026
Advertisement
މަޖިލީސް ތަޅުން
މަޖިލީސް ތަޅުން / -

މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެމްބަރު ކަމުގެ 3 މަގާމަށް 10 މީހަކު ކުރިމަތިލި: މަޖިލިސް

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:16 PM

މިނިވަން މީޑިއާތައް ކޮންޓްރޯލްކޮށް، ސަރުކާރުގެ މުށުތެރެއަށް ލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް 10 މީހަކު ކުރިމަތިލައިފި އެވެ.

Advertisement

މި މައްސަލަ ދިރާސާކޮށް، އެ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.

މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަން ކުރި 3 މެންބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނުގައި ބުނެފައި އޮވެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މަޖިލީހުން އައްޔަން ކުރާ މެންބަރުންނަށް އެ ފުރުސަތު މަޖިލީހުން ހުޅުވާލީ މިދިޔަ މަހުގެ 30ވަނަ ދުވަހު އެވެ. އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު 10 މީހަކު ކުރިމަތިލި ކަމަށް މަޖިލީހުން ބުނެ އެވެ. މީގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ގާނޫނަށް ގެނައި އިސްލާހާއެކު އުވިފައިވާ މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްބޭފުޅުން ހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved