March 17, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް / -

އިންސާނެއްގެ ގުނަވަން ބަދަލު ކުރާނެ އުސޫލު ކަނޑައަޅަން އައިބީ މަޖިލިހަށް ބިލެއް ވައްދަނީ

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:44 PM

ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

Advertisement

އެ ބިލް މަޖިލީހަށް ހުށަހަޅުއްވަނީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) އެވެ. އެ ބިލުގެ ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ.

އެ ބިލު ހުށަހަޅާފައި ވަނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ލިބޭނެ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް އެ ބިލްގައިވެ އެވެ.

އެ ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved