March 15, 2026
Advertisement
މުހައްމަދު މުއިއްޒު އަދި ގާސިމް އިބްރާހީމް
މުހައްމަދު މުއިއްޒު އަދި ގާސިމް އިބްރާހީމް / ސޯޝަލް މީޑިއާ

ގާސިމްގެ މާލީ ހިސާބުތައް އާންމުކުރުވަން އެއްވެސް ވެރިއަކަށް ނުކެރޭނެ، އެކަން ވާނީ އަޅުގަޑަށް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 14, 2025, 01:44 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުންނަށް މާމިގިލި ދާއިރާގެ މެންބަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ މާލީ ހިސާބުތައް ދައުލަތަށް ފެންނަ ގޮތަށް ރައްޔިތުންނަށް ދައްކާލަން ނުކެރޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން ވެރިކަމަށް ގެންނެވީ ގާސިމް ކަމަށް އޭނާ ވިދާޅުވުމާއި ގުޅިގެން ރޭ ކުރިއަށް ދިޔަ ޕީއެންއެފްގެ ޓައުން ހޯލް ޖަސްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ގާސިމަށް ހޫނު ރައްދުތަކެއް ދެއްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނޫނީ މި ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންތައް ތިއްބެވީ ގާސިމުގެ ދަށުވެފައި ކަމަށާއި ގާސިމުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ހަމައެކަނި ފަރާތަކީ އެމަނިކުފާނު ކަމަށެވެ.

މިތާ ވެރިކަން ކޮށްފަ ތިބި މީހުންނަށް އަދިވެސް ނުކެރޭނެ ގާސިމްގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް ދައުލަތަށް ފެންނަ ގޮތަކަށް ރައްޔިތުންނަށް ދައްކާލާކަށް. އެކަން ކުރެވޭނީ ހަމަ އަޅުގަނޑަށް އިގޭތޯ. ހުރިހާ ވެރިން ތިބީ މީނަގެ ދަށުވެފައި

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އޭރުގެ އިންތިޚާބުގައި ވާދަކޮށް ގާސިމް އިބްރާހީމަށް ނާކާމިޔާބު ވުމުން އެމަނިކުފާނާއި އެއްބައިވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ކެމްޕޭނަށް ގާސިމް އިބްރާހީމް އެއްވެސް ޚަރަދެއްކޮށްފައިނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގާސިމް އިބްރާހީމަކީ ފައިސާ ހުއްޓަސް ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނިމިދިޔަ ހުސްގޮނޑި އިންތިޚާބުގައި ރައްޔިތުން ގާސިމަށް ދިނީ އެންމެ ދެ ޕަސެންޓް ކަމަށެވެ.

މިއާއިއެކު ގާސިމަކީ ވިޔަފާރީގެ އަމިއްލަ ބޭނުންތަކަށް އެއިރެއްގެ ސަރުކާރަކަށް ނުވަތަ ވެރިއަކަށް ޘަނާ ކިޔަމުން ދާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved