April 9, 2026
Advertisement
-
- / އަލްޖަޒީރާ

އަނިޔާވެރި ނަރެންދްރަ މޯދީ ގެ ސަރުކާރާއިއެކު ތާލިބާނުން ދިފާއީ އެއްބަސްވުމެއް ހަދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 13, 2025, 10:32 PM
މާލެ ސިޓީ

އިންޑިއާ އާއި އަފްޣާނިސްތާނޔގެ ތާލިބާނުންނާއި އެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށް މުޅި އޭޝިއާ ސަރަހައްދުގައި ހަލަބޮލިކޮށްފިއެވެ.

Advertisement

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ނިއުދިއްލީގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކާބުލް އޮފީސް ފުރިހަމަ އެމްބަސީއަކަށް އަޕްގްރޭޑްކޮށް، ތާލިބާނުންނާ އެކު އަސްކަރީ އެއްބާރުލުން އިތުރުކުރެވިގެންދާނެ ކަމުގެ މަޝްވަރާތައް ކޮށްފައިވެއެވެ.

މި އެއްބަސްވުމާއި އެކު މިއީ އަފްޣާނިސްތާނުގައި ޕާކިސްތާނުގެ ނުފޫޒު ތާލިބާނުން ބޭނުން ކޮށްގެން ބަލިކަށި ކުރުމަށް އިންޑިއާގެ އަނިޔާވެރި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސީދާ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތެއްގެ ގޮތުގައި ޕާކިސްތާނުން ތުހުމަތުކުރެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާކިސްތާނާއި ތާލިބާނުންނާއި ދެމެދު ހަނގުރާމައެއް ފެށުނުތާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ. ދެ ގައުމުގެ ދެމެދުގައި އުފެދުނު މި ހަނގުރާމައިގެ ދަނޑިވަޅުގައި އިންޑިއާއިން ތާލިބާނުންނާއި ބައިއަތު ހިފުމުން މި ހަމަލާތަކުގެ ފަހަތުގައިވެސް ވަނީ އިންޑިއާގެ އަތެއް ކަމަށް ގިނަ ގައުމުތަކުން އަންނަނީ ބުނަމުންނެވެ.

މި ހަނގުރާމައިގައި ޕާކިސްތާނުން ވަނީ ތާލިބާނުންގެ 200 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާ އެމީހުންގެ 21 ޕޯސްޓެއް އަތުލައިގަނެފައެވެ.

ންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން މިކަމާ ގުޅިގެން ނެރުނު ތަފްސީލީ ބަޔާނެއްގައި ބުނީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު ހުރަސްކޮށް ތާލިބާނުންގެ ޕޯސްޓްތަކާއި ޓެރަރިސްޓް ކޭމްޕްތަކާއި ލޮޖިސްޓިކްސް ނެޓްވޯކްތަކަށް އަމާޒުކޮށްގެން ހަމަލާތަކެއް ދީ، ރޭޑްތަކާއި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި ފާކިސްތާނު ސިފައިންގެ 23 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާން ސިފައިންގެ މީޑިއާ ވިންގުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved