March 17, 2026
Advertisement
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ / އެޑިޝަން.އެމްވީ

ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި މަޖިލީހުން އަމަލުކުރާނެ ގަވާއިދު ފާސްކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 14, 2025, 02:13 AM

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފިއެވެ.

Advertisement

މި ގަވާއިދުގެ ދަށުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މަޖިލީހަށް މުހިންމު ކަމަށް ފެންނަ ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް ގާރާރަކުން ކަނޑައެޅިދާނެއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އަނބުރާ ފޮނުވާލާ ހާލަތްތަކުގައިވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގިދާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދަން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ވަކިވަކި މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ވޯޓަށް އެހުމަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އަލުން ވިސްނުމަށް ފޮނުވާ ބިލުތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓަށް އެހުމަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ ހަމައެކަނި މަޖިލީހުގެ ރައީސަށެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މެންބަރަކު ނުވަތަ ރައީސް ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ޤަރާރު ހުށަހެޅުމުން، އެކަން ދިރާސާކުރުމަށް ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންޖެހެއެވެ. އަދި މި ގަރާރު ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ކޮމިޓީން ގޮތެއް ނިންމައި، ރިޕޯޓު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved