March 17, 2026
Advertisement
.l
.l / މަޖިލިސް

އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 14, 2025, 02:17 AM

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވި ހުރިހާ ނަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Advertisement

ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކުރީ އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން، އަލްއުސްތާޛް ޝިފާޒް އަލީ، އަލީ މުޙައްމަދު މަނިކު އަދި ފާތިމަތު ޝަރީފް އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ވަކިވަކިން މާކްސް ދެއްވާފައިވެއެވެ. ކޮމިޓީން ހުރިހާ ބޭފުޅުންނަށްވެސް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވާތީ، ކޮމިޝަނަށް އެބޭފުޅުން އައްޔަންކުރުމަށް ފެންނަކަމަށް ކޮމެޓީން ނިންމާފައިވެއެވެ.

މަޖިލީހުގެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ހަތަރު ބޭފުޅުންނަށްވެސް ރުހުން ދެއްވާފައެވެ. ހަތަރު ބޭފުޅުން އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހަށް ހުށަހެޅީ މި މަހުގެ 26 ވަނަ ދުވަހު ދައުރު ހަމަވާ ހަތަރު މެންބަރުންގެ މަގާމުތަކަށް އައު މެންބަރުން އައްޔަންކުރުމެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved