ޕާކިން ޒޯންތައް ރިޒާވްކުރަން ބަހައްޓާފައި ހުންނަ ސައިކަލްތައް ޓޯކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަންކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރެއްވުމަށް އެދޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކުރިން ކުއްޔަށް ދީފައި ހުރި ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭނެ ތަންތަން ކަމަށް މިހާރު މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.