theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ރައީސް އޮފިސް
ސިޔާސީ
ނަތީޖާ ނެރުން ފިޔަވާ އިތުރު އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ސަރުކާރުން ބުނި އިރު ނެރެވުނު ނަތީޖާއެއް ނެތް!
Yana Shareef
ޔާނާ ޝަރީފް
13 އޮކްޓޯބަރު 2025

ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވިއިރު ނެރެވުނު ނަތީޖާއެއް ނެތެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުން ގުނބޯ ހެއްދުމަށް ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިއަދު ވަނީ ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ، ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށާއި އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިގެން އެ ކަންކަން ވެސް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި ހުރިހާ ދުވަހު ރައްޔިތުންނަށް ނުވެފައި ހުރި ކަންކަމާއި ރަނގަޅަށް ގޮސްފައި ހުރި ކަންކަމަށް ބަލައި، އެ ކަންކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރަށް، މި އަހަރާއި އަންނަަ އަހަރު ތެރޭ ފެންނާނީ މަޝްރޫއުތައް ނިމެމުންދާ މަންޒަރު ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މި ސަރުކާރަށް ދޮޅު އަހަރުވިއިރުވެސް ރައްޔިތުންނަށް ސަރުކާރުން އެއްވެސް ނަތީޖާއެއް ނެރެ ދެއްވާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved