March 17, 2026
Advertisement
..
.. / މަޖިލިސް

މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާންތައް ބެލުން އޮޑިޓާ ޖެނެރަލާ ހަވާލުކުރަން މެމްބަރުން ދެކޮޅު

Yana Shareef
ޔާނާ ޝަރީފް
Oct 14, 2025, 07:10 PM

މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ ވާހަކައިން ހާމަވެއްޖެއެވެ.

Advertisement

މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އާންމު ކުރަން ލާޒިމުވާ ގޮތަށް އޮޑިޓް ގާނޫނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ގިނަ މެމްބަރުން ވަނީ އެ ޒިންމާ އޮޑިޓާ ޖެނެރަލާ ހަވާލުކުރުމަކީ އެ އޮފީސް ސިޔާސީ ވެދާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ ސަރުކާރުން މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ އެސެޓް ރިކަވަރީ ގާނޫނުން ދައުލަތުގެ ވެރިންގެ މާލީ ބަޔާންތައް އާންމުކުރާ ގުޅޭ ކަންކަން ހިމެނިގެންދާނެ ކަމަށެވެ.

ކޮންމެ ފަހަރަކު އެތައް ގާނޫނަކަށް ބަދަލު ގެނައުމުގެ ބަދަލުގައި އެއް ގާނޫނަކުން، އެ މައްސަލަ ހައްލުކުރެވޭނެ މަގެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ޑރ. އަހުމަދު ޝަމްހީދު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved