March 17, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

މުއިއްޒަކީ އެއްވެސް ބެލުމެއް ނެތި ހިތަށް އަރާ ވާހަކައެއް ދައްކަމުންދާ ވެރިއެއް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 14, 2025, 11:04 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަކީ ހިތަށް އަރާ ހުރިހާ ވާހަކައެއް، އެއްވެސް ވަރަކަށް ބެލުމެއް ނެތި ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި އެކަމަށް އިޝާރާތްކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން އަޅަން ބުނި ރަސްމާލޭ ޓަނަލް އެކަނިވެސް ނަތީޖާ ނެރެ ދިނުމުގެ މިސާލަކަށް ފުދޭ ކަމަށެވެ. ރައްޔިތުން ތިބީ އެ އައު އީޖާދީ ޓަނަލުގެ އިންތިޒާރުގައި ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ނުގޮސް ހިފެހެއްޓި ގޮތް ވެސް ރައްޔިތުން ތިބީ ގާތުން ބަލަން ކަމަށެވެ.

ރައީސް މުއިއްޒު ފެންނަނީ ހިތަށް އަރާ މޮޅު ވާހަކަ އެއްވެސް ބެލުމެއް ނެތި ދައްކަމުންދާ ވެރިއެއް ގޮތުގައިކަން ފާހަގަކުރައްވާ ޑރ ޖަމީލު ޕޯސްޓު ނިންމަވާލެއްވީ ރައީސް މުއިއްޒުގެ ކިބައިގައި ކޮންމެވެސް ބޮޑު މައްސަލައެއް އެބަ އުޅޭކަމަށް ތުހުމަތުކުރައްވަމުންނެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ވެރިކަމަށް 2 އަހަރު ފުރެން ދާއިރު، ރިޔާސީ އިންތިހާބުގައާ މަޖިލިސް އިންތިހާބުގައިވެސް ރައީސް މުއިއްޒު ރައްޔިތުންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ގިނަ ރައްޔިތުން ބުނާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved