March 16, 2026
Advertisement
-
- / ރައީސް އޮފިސް

އެއް އަތޮޅެއްގައި ތިން އެއާޕޯޓް، މުއިއްޒު އެބުނާ ތަރައްގީއަކީ މިއީތޯ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 15, 2025, 08:00 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ށ އަތޮޅަށް މިހާރު ކުރަމުންދާ ރަސްމީ ދަތުރުފުޅުގައި ށ.ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

Advertisement

މި މަޝްރޫއު ވެގެން ދިޔައީ ށ.އަތޮޅުގައި އަޅާ ތިންވަނަ އެއާޕޯޓަށެވެ.

ކޮމަންޑޫ އެެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ދިވެހީންގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއާ އެވެ. އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެ އަތޮޅުގެ ފުރަތަމަ އެއާޕޯޓް އޮތީ ށ. ފުނަދޫގަ އެވެ. އެ އަތޮޅުގެ ދެވަނަ އެއާޕޯޓްގެ މަޝްރޫއު ފެށީ އިއްޔެވެ. އެއީ ށ. ބިލެތްފަހީގަ އެވެ. އެ މަޝްރޫޢު ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވަނީ އެ ރަށު ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ.

ގައުމުގެ އިގްތިސާދު ހީނަރުވެފައިވާއިރު އެއް އަތޮޅެއްގައި ތިން އެއާޕޯޓް އެޅުމަކީ ދައުލަތުގެ ފައިސާ އެންމެ އެކަށީގެންވާ ގޮތުގައި ހޭދަކުރުންތޯ ސުވާލު އުފެދެއެވެ. ރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމަކަށްވާއިރު ކޮންމެ ރަށެއްގައި އެއާޕޯޓް އެޅުމަކީ ޚަރަދު ބޮޑު މަޝްރޫއުތަކެކެވެ. މީގެ ބަދަލުގައި އެ ފައިސާ އެހެން އުމްރާނީ ތަރައްގީއަކަށް ހޭދަކުރުންވެސް މާ ރަނގަޅުވާނެ ކަންނޭގެއެވެ. ރައީސް މުއިއްޒު ވިދާޅުވާ ތަރައްގީއަކީ މިއީބާއެވެ؟

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved