March 12, 2026
Advertisement
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް / ތޭރަ އޮންލައިން

ކޮންނަ ކުންފުންޏެއް ހަދައިގެން އުޅެނީ ހިޔަޅު ރޭވުމަކުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 16, 2025, 02:06 AM
މާލެ ސިޓީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބިން ހިއްކުމަށް ހާއްސަކޮށްގެން ކުންފުންޏެެއް އުފައްދައިގެން އުޅެނީ މަކަރު ވެރި ރޭވުމެއްގެ ތެރެއިން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލިހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވަނީ އެމްއޭސީއެލްގެ އެމްޑީ އުޅުއްވަނީ ކުންފުނި ހިންގުމުގެ ބަދަލުގައި ސިޔާސީ ފުޅި މަދު އުނގުރި އެންހެން ކަމަށް ވިދާޅުވެ އެމްއޭސީއެލްގެ އެމްޑީ، އިބްރާހީމް ޝަރީފްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މާދަމާ، ރައީސް ޑރ މުހައްމަދު މުއިއްޒަށާ އަނބިކަނބަލުން ސާޖިދާ މުހައްމަދުއަށް ކައްކާ ކާންދޭން ޖެހޭނީ އެމްއޭސީއެލް ކަމަށް ސަރުކާރުން ބުނެފިނަމަ ޝަރިފު ދުވެފައި މުލިއާގެ ބަދިގެއަށް ވަންނާނެ ކަމަށް ވިދާޅުވެ ވެސް މަލީހު ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.

މީގެ އިތުރުން ބިން ހިއްކުމުގެ ނަމުގައި، ކޮންނަ ކުންފުންޏެއް އެމްއޭސީއެލްއިން އުފެއްދުމުގެ ނަމުގައި އުޅެނީ އެކުންފުނި ދަވާލަން ކަމަށް ތުހުމަތު ކުރައްވާ މަލީހު ވަނީ ލޯނު ނަގާ އެންމެ ފަހުން ކުންފުނި ދަރަނިވެރިވެއްޖެ ކަމަށް ނިންމާ ބޭރުގެ ބަޔަކަށް އަނެއްކާ އެއަރޕޯޓު ދިނުމުގެ ހިޔަޅު ރޭވުން އެކަމުގެ ފަހަތުގައިވާ ކަމަށް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އެމްއޭސީއެލްގެ 100 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި އެ ކުންފުނީގެ ނަމަކީ "ޕެނިންސޫލާ އިންފްރާސްޓްރަކްޗާ" އެވެ. އަދި އެ ކުންފުނީގެ އެމްޑީޕީގެ ގޮތުގައި އިކޮނޮމިކު މިނިސްޓްރީގެ ސައިޓުން ފެންނަން އޮތީ ވެސް އެމްއޭސީއެލްގެ އެމްޑީ ޝަރީފުގެ ނަންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved