theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ދުނިޔޭގެ 170 އެތައް ގައުމަކާއި ވާދަކޮށް ޕާކިސްތާން ސިފައިން ދުނިޔޭގެ 01 ވަނަ ހޯދައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 އޮކްޓޯބަރު 2025
މާލެ ސިޓީ

ދުނިޔޭގެ އެންމެ ބުރަ އަސްކަރީ މުބާރާތް ކަމަށްވާ ޔޫކޭގެ ކެމްބްރިއަން ޕެޓްރޯލް މިލިޓަރީ މުބާރާތް ކާމިޔާބުކޮށް ޕާކިސްތާނުގެ ސިފައިން އެގައުމު ފަޚުރުވެރިކޮށްފިއެވެ.

ވަރުގަދަ އެތައް ގައުމެއްގެ ސިފައިން ބައިވެރިވި ނަމަވެސް ޕާކިސްތާނުގެ ސިފައިން މުޅި ދުނިޔެއަށް ފާހަގަކޮށްލެވިގެން ގޮސްފައިވަނީ އެމީހުންގެ ވަރުގަދަކަމާއި ހުނަރާއި ޓީމް ވޯކް އިންނެވެ.

މަންޒަރު ބަލަން ތިބި މީހުން ބުނި ގޮތުގައި އެހެން ގައުމުތަކުގެ ސިފައިން އުނދަގުލުގައި މަސައްކަތް ކުރިއިރު ޕާކިސްތާން ސިފައިން އެ ގޮންޖެހުންތައް ފުރިހަމަ ކޮށް މި މަގާމު ހޯދީ އިތުބާރާއެކު ކަމަށެވެ. އެމީހުން ދެއްކި ތަމްރީނާއި ޑިސިޕްލިންއަކީ އެމީހުންނަށް ކޮންމެ ބަޔަކާއިވެސް ހަނގުރާމަކޮށް ކާމިޔާބު ކުރުމުގެ ހުނަރު ހުރިކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ކާމިޔާބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ސަޕޯޓަރުންނަށް އުފާވެރިކަމާއި ފަޚުރުވެރިކަން ގެނެސްދިން ކާމިޔާބީއެކެވެ. އެއިން އަނެއްކާވެސް ދައްކުވައިދެނީ ޕާކިސްތާން ސިފައިންނަކީ ވަރަށް ގާބިލް އަދި އަބަދުވެސް ޕްރެޝަރުގައި ޕާފޯމް ކުރަން ތައްޔާރަށް ތިބި ބައެއްކަމެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު ދަނީ ޕާކިސްތާނުގެ ސިފައިންނަކީ ދުނިޔޭގެ އެންމެ މޮޅު އެއް ސިފައިން ކަމަށެވެ. މި ބޮޑު ކާމިޔާބީއާއެކު ޕާކިސްތާނުން ވަނީ އެގައުމުގެ ބާރު ސާބިތުކޮށްދީ މުޅި ދުނިޔޭގެ އިހުތިރާމް ހޯދާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved