theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވިއްސާރަ ވުމާއެކު މާލޭގެ މަގެއްގައި ފެންބޮޑުވެފައި / ތޭރަ އޮންލައިން
ހަބަރު
ކުރިއަށް އޮތް ހަފްތާގައިވެސް މޫސުން ގޯސްވާނެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 އޮކްޓޯބަރު 2025
މާލެ ސިޓީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިނުވާ ކަމަށާއި އަންނަ ހަފުތާގައި ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ

މެޓް އޮފީހުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ބޯ ވިއްސާރައިގެ އަސަރު ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ. އަދި، ހަފުތާ ބަންދާ އެކު އާދިއްތަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ވެސް ބޯކޮށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި އަންނަ ހަފުތާގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. އެގޮތުން، އެ ހަފުތާގެ ކުރީކޮޅު ވިއްސާރަކުރުން ކުޑަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ނަމަވެސް، އަންނަ ހަފްތާގެ މެދުތެރެއާއި ފަހުކޮޅަށްދާއިރު ވިއްސާރަކުރާނެ ކަމަށް ފޯކާސްޓުން ދައްކާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މުޅި ރާއްޖެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. އެއާއެކު، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުގެ ރާޅުތަކުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެެމެދަށް އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ލަފާކުރިގޮތުގައި މިއަދު ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފާއިތުވި ހަފުތާގައި މޫސުން ގޯސްވުމާ ގުޅިގެން، ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ..

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved