March 16, 2026
Advertisement
ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި
ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 16, 2025, 10:55 PM
މާލެ ސިޓީ

މި ދުވަސްވަރު ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ އިރުޝާދާ އެކު ބަޔާނެއް ނެރެފައެވެ.

އެގޮތުން، ފުލުހުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ މީހުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ

ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ ދަތުރުކުރާނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އިލްތިމާސްކުރެއެވެ.

ހަމަ އެހެންމެ، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރާ ގޮތުގައި، ކުރިއަށް އޮތް ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ރާއްޖެއަށް ވިއްސާރަކުރާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved