

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައިރި ކައިރީގައި އެއާޕޯޓުތައް އަޅަން ނިންމާ އިއުލާންކޮށް އަދި އިފްތިތާހުވެސް ކުރަމުންދާ ދަނޑިވަޅެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުވިދާޅުވުން އެކަމަށް އަމާޒުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއާޕޯޓުތައް އަޅަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާ، ދައްކައި ދެނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، ކައިރިކައިރީގައި އެއާޕޯޓްތައް އެޅުމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ހިންގަން ޖެހުން ކަމަށެވެ.
Four new airports are being built 19-36 minutes apart by speedboat in the northern Maldives, alongside four existing airports. This disperses traffic from hub airports, eliminating economic viability.
— Mohamed Nasheed (@MohamedNasheed) October 16, 2025
Each aircraft hop exhausts costly “engine cycles” without real…
އުތުރުގައި އިތުރު ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ލޯންޗެއްގައި ދެވޭހާ ކައިރީގައި ކަމަށެވެ. އޭގެ ސަބަބުން ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން ގައުމީ އެއާލައިނަށް ވެސް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމްގައި ލިބެންޖެހޭ މަންފާތައް ވެސް ނުލިބޭނެ ކަމަށެވެ.
ކައިރިކައިރީގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެެއްގެ އަމާޒާއި ޕްލޭނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
Uthurugai ithuru 4 airport ovvaa, ithuru 4 airport mi alhanee 19-36 minute aa dheythereyga speed boat ga dheveyhaa kairikaireega.
— Mohamed Nasheed (@MohamedNasheed) October 16, 2025
Natheeja akee, hurihaa airport ehgeves iqthisoadhee/maalee dhekolhu jehumeh nethun, Gaumee airline ah dhe ulhi ehnuvaa kharadhuthakeh hingaan jehun,…
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުމެވެ. އެގޮތުން ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ބައެއް ރަށްރަށުގައި އައު އެއާޕޯޓުތައް އެޅުމުގެ މަސައްކަތްތައް ފައްޓަވައި ދެއްވައި އެ މަސައްކަތަށް ނަގާނެ މުއްދަތު އިއުލާންކުރައްވައެވެ.
ރައީސް މިހާރު ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ، އެ އަތޮޅު މިލަންދޫ، ބިލެތްފެހި އަދި ކޮމަންޑޫގައި އެއާޕޯޓުތައް އެޅުމުގެ މަސައްކަތް ފަށްޓަވައިދެއްވައިފައެވެ. އެ އަތޮޅު ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެއެވެ.