theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ށ.އަތޮޅު ރައްޔިތުންނަށް ހުވަފެން ދެއްކުމަށްފަހު ރައީސް މުއިއްޒު އެނބުރި މާލެއަށް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 އޮކްޓޯބަރު 2025
މާލެ ސިޓީ

ށ. އަތޮޅު ރައްޔިތުންނަށް ކުލަ ނުޖެހޭ ހުވަފެންތައް ދެއްކުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، އެނބުރި މާލެ ވަޑައިގަންނަވައިފި އެވެ.

މި ދަތުރުގައި، މުއިއްޒު ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް ދަތުރުކޮށްފައެވެ. އެގޮތުން ރައީސް ވަނީ ށ. އަތޮޅު. ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫގެ އިތުރުން މާއުނގޫދޫއަށް ވަޑައިގަންނަވައިފަ އެވެ.

މީގެ އިތުރުން، ށ.ކަނޑިތީމުގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު ފައްޓަވާ ރައީސް މުއިއްޒު ވަނީ އެއް އަތޮޅެއްގައި ތިން އެއާޕޯޓް އެޅުމުގެ ޝަރަފު ހޯއްދަވާފައެވެ.

ށ.އަތޮޅުގެ ދަތުރުގައި ރައީސް ވަނީ އެ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވައި، މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް ހިތާމައަކީ މީގެ ކުރިންވެސް ވެފައިވާ މިފަދަ އެއްބަސްވުންތަކާއި ފެއްޓެވި މަޝްރޫއުތައް ހުއްޓި ކުރިއަށް ނުގެންގޮސް ރައްޔިތުންގެ ޝަކުވާތައް އިތުރުވަމުންދާތީއެވެ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ތާއީދާއި ވޯޓު ހޯދުމުގެ ބޭނުމުގައި ރައީސް މުއިއްޒު އަންނަނީ އެކި އަތޮޅުތަކަށް ދަތުރުކޮށް ނުފުއްދޭ ވައުދުތައްވެ ރައްޔިތުންނަށް ހުވަފެން ދައްކަމުންނެވެ.

މުއިއްޒުއަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ދޮގު ވައުދުވުމުގައި މަޝްހޫރު ބޭފުޅެއް ކަމަށް ރައްޔިތުން ސިފަކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved