ރައީސް ޔާމީން ނޫނީ ރައްޔިތުންދެކެ ލޯބިވާނެ ލީޑަރެއް ނުހުންނާނެ ކަމަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ނާއިފް ޝައުކަތް ވިދާޅު ވެއްޖެއެވެ.
ނާއިފް މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ ތަކުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާއިފް ވިދާޅުވީ ރައީސް ޔާމީން ފަދަ ދެވަނަ ރައްޔިތުންދެކެ ލޯބިވާ ލީޑަރެއް ނުހުންނާނެ ކަމަށާއި އެމަންޒަރު ވަރަށް ސާފުކޮށް ފެނިގެން ގޮސްފާ ވާނެ ކަމަށެވެ.
ރައީސް ޔާމީން ނޫނީ ނުހުންނާނެ ޅިޑަރެއް ތިބޭފުޅުން ދެކެ ލޯބިވާނެ. ނުހުންނާނެ ލިޑަރެއް.
މީގެ އިތުރުން ނާއިފް ވިދާޅުވީ ޕީޕީއެމް ހިންގާ ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ވަރަށް ގިނަ މަސައްކަތްތަކެއް ރާވާ ހިންގި ކަމަށާއި ރައީސް ޔާމީން ބޭނުންފުޅުވީ ޕީޕީއެމް ކުރިއަށް ގެންދަން ކަމަށެވެ.
ނާއިފް ވިދާޅުވީ ކަންކަން ހިނގާދިޔައީ އުސޫލާ އެއްގޮތަށް ނޫން ކަމަށާއި ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވީ ވަކި މީހަކު ވިދާޅުވި ބަހަކަށް ނޫން ކަމަށެވެ. ރައީސް ޔާމީން އެފަދަ ނިންމުމެއް ނިންމީ ޕީޕީއެމް/ޕީއެންސީ ރައްޔިތުން ދެކެ ލޯބި ވާތީ ކަމަށެވެ.