

ގައުމުގެ ކަންކަން ތަރުތީބުވެފައި އޮތީ، ދަރިންގެ ދަރިންނާ ހަމައަށް ހިމާޔަތްނުކުރެވޭ ވަރަށް ކަމަށް ވިދާޅުވެ ގާނޫނޫ ވަކީލު އަލީ ޝާހުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުން ވުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވި، މިއަދު ދިވެހިރާއްޖޭގެ ކަންކަން ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، ގައުމުގެ ކަންކަން ފެންނަމުން ދަނީ ލޮބުވެތި ވަޠަން ނުރައްކަލުގެ ތެރޭގައި އޮތް މަންޒަރު ކަމަށެވެ.
ޝާހު ވިދާޅުވީ، އަޅުގަޑުމެންގެ ދަރިންގެ ދަރިންނާ ހަމައަށްވެސް ގައުމު އޮތީ ނުރައްކަލުގެ ތެރެއަށް ވެއްޓީފައި ކަމަށްެވެސް ޝާހު ވަނީ ވިދާޅުވެފައެވެ. ޝާހު ވިދާޅުވީ، އޭގެ ސަބަބަކީ ގައުމުގެ ތިންބާރު އެކެއްގެ މުށު ތެރޭގައި އޮތުން ކަމަށެވެ.
ޝާހު ވިދާޅުވި ގޮތުގައި މިއަދު ގައުމުގެ މިނިވަން މުއައްސަސާތަކުގެ ބާރު ރައީސް މީހާގެ މުށު ތެރޭގައި އޮތުމާ. ޕްރޮސެކިއުޓާރ ޖެނެރަލްގެ ބާރުވެސް ކެނޑިފައި އޮތުން ކަމަށެވެ. އެގޮތުން ޝާހު ވިދާޅުވި ގޮތުގައި މިއަދު ރައްޔިތުން ތިބީ އިންސާފު ލިބުމުގެ އުއްމީދު ކެނޑި ގޮތް ހުސްވެފައި ކަމަށެވެ.
ޝާހު ވިދާޅުވީ މި ސަރުކާރުން ވައްކަންކޮށް ގައުމު ލޫޓުވަނީ އެންމެ ގުޅިގެން ކަމަށެވެ.