March 19, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީންގެ ހަމަލާއެއްގައި ޔަމަނުގެ އަސްކަރީ ވެރިއަކު އަވަހާރަވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 18, 2025, 01:09 AM
މާލެ ސިޓީ

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އަސްކަރީ ޗީފް އޮފް ސްޓާފް މުހައްމަދު އަލް ޣަމާރީ ސަހްޔޫނީން ދިން ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

Advertisement

މިކަމާ ގުޅިގެން ހޫތީން ވަނީ ބަޔާނެއް ނެެރެފައެވެ. އެ ބަޔާނުގައި އެއްވެސް ތަފްސީލެއް ނުދިން ނަމަވެސް ޣަމާރީ އާއި އޭނާގެ ފުރާވަރުގެ ދަރިފުޅު އަވަހާރަވި ކަމަށް އެ ބަޔާނުގައި ޔަގީންކޮށްދީފައިވެއެވެ. އަދި އެ މީހުން އަވަހާރަވީ އިސްރާއީލުގެ ހަމަލާއެއްގައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޣައްޒާ ހަނގުރާމައާ ގުޅިން ސަހްޔޫނީންގެ ރަތް ކަނޑުގެ ބޯޓުފަހަރަށް ހޫތީންގެ ޑްރޯން އާއި މިސައިލް ހަމަލާތައް ތަކުރާރުކޮށް ދިނުމުގެ ސަބަބުން ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ އެތައް ފަހަރެއްގެ މަތިން ހޫތީންނަށް ހަމަލާތަކެއް ދީފައެވެ.

ސަހްޔޫނީން މިދިޔަ ހަފްތާގައި ހަމާސްއާއެކު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވި ފަހުން ހޫތީން މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް އަދި ސަހްޔޫނީންނަށް ދީފައެއް ނުވެއެވެ.

ހޫތީންގެ ލީޑަރު އަބްދުލް މަލިކު އަލް ހޫތީ ވަނީ އެއްބަސްވުމާ އެއްގޮތަށް އެ ގައުމުން އަމަލު ނުކޮށްފިނަމަ ސަހްޔޫނީންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބޭނެ ކަމަށް ބުނެފައެވެ.

މި ހަމަލާއާއި އެކު އެ ޖަމާއަތުން ބަދަލު ހިފުމުގެ އިންޒާރު ވަނީ ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved