March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 18, 2025, 04:13 PM
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓުން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރިފައިވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

ސަމާލުގައި ވިދާޅުވެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް 24 ގަޑިއިރަށް މެޓުން ލަފާކުރާ ގޮތުގައި، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއިރު،  ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެގޮތުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓުން ވަނީ އަންނަ ހަފުތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ކަނޑުމައްޗަށް ނޭރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved