theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނާޒިމް / ސޯޝަލް މީޑިއާ
ސިޔާސީ
ނާޒިމް ކޮރަޕްޝަންގެ ވާހަކަ ދެއްކުމަކީ އިބްލީސް ބޮލުގައި ރަން ތާޖެއް އެޅުން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
18 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެހެން މީހުންގެ ނުވަތަ އެހެން ސަރުކާރުތަކުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަމުން ގެންދާއިރު، އެއީ އިބިލީސް ބޮލުގައި ރަން ތާޖެއް އެޅުން ފަދަ ކަމެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.

ޑރ ޖަމީލު މިފަދަ ގޮތަކަށް އެކަން ސިފަކުރެއްވީ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައުމުގެ ކަންކަން އޮތީ ދަރިންގެ ދަރިންނާ ހަމައަށް ވެސް އިޔާދަ ނުކުރެވޭހާ ނުރައްކޭތިކަމެއްގެ ތެރޭގައި ކަމަށް ބުނާ މައުޟޫއަށް އިންސާފުކޮށްދެއްވަމުން ޑރ ޖަމީލު ވިދާޅުވީ، މި ސަރުކާރުގެ ތެރެއިން ހިންގަމުން ގެންދާ ވައްކަމާ ކޮރަޕްޝަން އޮތީ އެންމެ މަޝްހުރުކޮށްގެން ދައްކަމުންދާ އެމްއެމްޕީއާރުސީގެ ވައްކަމަށްވުރެވެސް މާ ކުރީގައި ކަމަށެވެ.

އެގޮތުން އެމްއޭސީއެލް ފަދަ ގައުމުގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު އަޑީގައި ހުންނަވާ ހިންގަމުންދާ ވައްކަމާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ރައްޔިތުންނަށް ނުހަނު ގާތުން ފެންނަމުންދާކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަމަވެސް މި ސަރުކާރުން ދަނީ އެހެން މީހުންގެ ބުރަކަށީގައި އޮތް ގުދު ފިލުވަން ގޮވުންކަމަށާ މި ސަރުކާރުގެ ބުރަކަށީގައި ހަތް ގުދު އޮތްކަން ވެސް މިއަދުގެ ވެރިން ހަނދާން ނެތް ކަމަށެވެ.

އެގޮތުން މީހުންގެ އަބުރު ކަތިލަން މަޖިލީހުގެ ނައިބު ރައީސް ނެރެފައި ހުރިއިރު، އެއީ ފަސްބައި ކިލަނބު ބޭފުޅެއްކަން ސަރުކާރުގެވެރިން ހަނދާން ނެތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ނާޒިމް އެހެން މީހުންގެ ކޮރަޕްޝަންގެ ވާހަކަ ދައްކަމުންދާއިރު، އޭނަ ކޮރަޕްޝަންގެ ވާހަކަ ދެއްކުމެކޭ އިބިލީހުގެ ބޮލުގައި ރަން ތާޖެއް އެޅުމެކޭ ތަފާތެއް ނެތް ކަމަށެވެ.

ޑރ ކަމީލު އިތުރަށް ވިދާޅުވީ، މިއީ އެންމެ އަވަހަށް އޮފު ކެނޑިގެން ދިޔަ ސަރުކާރު ކަމަށާ މި ސަރުކާގެ ތެރެއިން ވައްކަން ކުރަމުންދަނީ އެންމެން ގުޅިގެން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved