March 16, 2026
Advertisement
މަޖިލީހުގެ ނައިބު ރައީސް ނާޒިމް
މަޖިލީހުގެ ނައިބު ރައީސް ނާޒިމް / ރައްޔިތުންގެ މަޖިލިސް

ނާޒިމްވަނީ ސިއްރުން ގަވާއިދު ބަދަލުކޮށް ފަޅު ރަށެއް ކަޓުވާލާފައި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 19, 2025, 12:18 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، ސިއްރުން ގަވާއިދު ބަދަލުކޮށް، ފަޅު ރަށެއްގެ ބަލަދުވެރިކަން އަމިއްލަ ނަން މައްޗަށް ބަދަލުކޮށްފައި ކަމުގެ ތުހުމަތުތައް އަމާޒުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުނު ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ނާޒިމްއަކީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭ ފެންވަރުގެ މީހެއް ނޫން ކަމަށާ އެހެނީ އޭނާގެ ފަސްބައި ޚުދު އޮތީ ކޮރަޕްޝަނާ ވައްކަމުގެ ލައްގަނޑު ޖެހިފައިކަމަށްވުން ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހުވަނީ ނާޒިމް ފަޅު ރަށެއްގެ ބަލަދުވެރިކަމަށް ބަލަދު ގެނެސް މި ސަރުކާރު އައި ފަހުން އެ ރަށް "ކަޓުވާލާފައިވާ" ކަމުގެ ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން މި ސަރުކާރުގެ އެންމެ ފުރަތަމަ އެގްރިކަލްޗަރ ވަޒީރު، އައިޝަތު ރަމީލާ ވަޒީރުކަމުގައި ހުންނަވަނިކޮށް، ވަރަށް ސިއްރުން ނާޒިމްއާ ގުޅުން އޮތް މީހުން މެދުވެރިކޮށް ގަވާއިދު ބަދަލުކުރވާ އެ ފަޅުރަށް ނާޒިމްގެ ބަލދަުވެރިކަމުގެ މައްޗަށް ބަދަލުކޮށްފައި ކަމަށެވެ.

މީގެ އިތުރުން ނާޒިމްއަކީ ގައުމީ ދިދައިން ވައްކަންކޮށްގެން ހުކުމްކޮށް ޖަލަށްލީ މީހެއްކަންވެސް ފާހަގަކުރައްވާ މަލީހު ވިދާޅުވީ އެހެންކަމުން ނާޒިމް ކޮރަޕްޝަންގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މަލީހު އެ އިޝާރާތްކުރައްވާ ފަޅު ރަށަކީ، މ.ތުވަރު ކިޔާ ރަށެކެވެ. އެ ތަނަކީ ކުރިން ދަނޑުވެރިކަމަށް ބޭނުން ކުރަމުން އައި ތަނެކެވެ. އެ ތަނަކީ ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ މީހަކަށް ދީފައި އޮތް ތަނެއް ކަމަށްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved