March 21, 2026
Advertisement
އީދީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޕްރެސްއެއްގައި ވާހަކަ ދައްކަވަނީ
އީދީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޕްރެސްއެއްގައި ވާހަކަ ދައްކަވަނީ / ސަން އޮންލައިން

މަޖިލީސް އިންތިހާބު އޭޕްރިލް 21ގައި ބާއްވަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Mar 1, 2024, 04:58 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީސް އިންތިހާބު އޭޕްރިލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

Advertisement

މިއާއެކު އީސީން ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ހާއްސަ ޖަލްސާއެއް ބާއްވާ އޭޕްރިލް 21 ގައި އިންތިހާބު ބާއްވަން ނިންމާފައެވެ.

އީސީން ބުނީ އޭޕްރިލް 21 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް މަޖިލީސް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުުމުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ އިތުރުގޮތެއް ނެތިގެންނެވެ.

މި ބިލު މިއަދު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، އެބިލު ފުރަތަމަ ފަހަރަށް ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހަށް ފޮނުވުމުން މިމަހުގެ 26 ވަނަ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އެގޮތަށް މަޖިލީހަށް ބިލު ފޮނުވުމުން، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވަނީ، އެއްވެސް ބަދަލެއް ނުގެނެސް އަނބުރާ ބިލު ތަސްދީގު ކުރުމަށް ފޮނުވުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved