April 17, 2026
Advertisement
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާފައި.
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާފައި. / އެމްއެންޑީއެފް

ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލާ ގެއްލުނު ތިން ވަނަ މީހާގެ ހަށިގަނޑު، އޮޔާ ދަނިކޮށް ފެނިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 19, 2025, 07:51 PM
މާލެ ސިޓީ

ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލާ ގެއްލުނު ތިން ވަނަ މީހާގެ ހަށިގަނޑު، އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

Advertisement

އެމްއެޑީއެފުން ހާމަކުރި ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "އަލްމާކް ފިޔަ" ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކޮޅުވެއްޓި ބަންޑުން ޖަހާލާ ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ބިދޭސީން ކަމަށާ އެކަކީ ދިވެއްސެއް ކަމަށެވެ. އެއީ ސްރީލަންކާގެ ރައްޔިތަކާ އިންޑިއާގެ ރައްޔިތެއްގެ އިތުރުން ދިވެހި މިހާއެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއަށް ފަހު ފަހު ދުވަހު ދެ މީހުންގެ ހަށިގަނޑު ފެނިފައިވާއިރު އޭގެ ތެރެއިން ސްރީލަންކާއަށް ނިސްބަތްވާ މިހާގެ ހަށިގަނޑު ހޯދަން ދުވަސްތަކެއް ހޭދަވިއެވެ.

ޖުމުލަ ހަތް މީހުންނާ އެކު، ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިން ދަތުރުކުރި ހަތަރު މީހުން ވަނީ ފުރަތަމަ ސަލާމަތްކޮށްފައެވެ. ތިން މީހުން ގެއްލުނުއިރު، އޭގެ ތެރެއިން ދެ މީހުން ފެނުނީ މަރުވެފައި އޮއްވައި ކަނޑު އަޑިންނެވެ.

އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނާއި އިންޑިއާއަށް ނިސްބަތްވާ ބިދޭސީއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved