March 17, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ރައްޔިތުން ނުކުމެ މުއިއްޒު އަޒުލުކުރަންޖެހޭ ހިސާބަށް މުއިއްޒުގެ އަމަލުތައް ގޮއްސި: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 20, 2025, 04:58 PM
މާލެ ސިޓީ

ރައްޔިތުން ނުކުމެ މުއިއްޒު އަޒުލުކުރަންޖެހޭ ހިސާބަށް މުއިއްޒުގެ އަމަލުތައް ގޮސްފައިވާ ކަމަށް ކުރީގެ ނައިބު ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ދުނިޔޭގެ ޑިމޮކްރަސީތަކުގައި އަދި ޚާއްސަކޮށް ރައްޔިތުންގެ ބާރު އޮންނަ ރައްޔިތުންގެ ވެރިކަންތަކުގައި ވެރިއަކަށް ރައްޔިތުން އައްޔަނުކުރާ ބޭފުޅާއަށް ހިތުހުރިހާ ގޮތަކަށް ކަންތައްތައް ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ ވެރިކަމޭ މި ކިޔެނީ އެހެންވެގެން ކަމަށާއި ދެ އަހަރުވެގެން ދާ މުއިއްޒުގެ ވެރިކަމުގައި މިހާރު ރާއްޖެއަށް ދިމާވެފައިވާ ކަންތައްތައް ތަހުޒީބީ މުޖުތަމައުތަކުން ރައްޔިތުން ނުކުމެ އެ ވެރިއެއް އަޒުލުކުރައްވާނެ ކަމަށް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިފަދަ ވެރިކަމެއް ނިންމުމަށްޓަކައި ރައްޔިތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގެ ރައްޔިތުން ފަސްނުޖެހޭނެ ކަމަށާއި އެހިސާބަށް މިގައުމުގެ ރައީސް މުއިއްޒުގެ އަމަލުތައް ގޮސްފައިވާ ކަމަށް ޑރ ޖަމީލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޤާނޫނުގައިވެސް ނެތޭ އެއްވެސް ކަހަލަ ހަމައެއް އުސޫލެއް، މުއިއްޒު ބޭނުންވީމާ މުއިއްޒު ބޭނުންވާ ދިމަދިމާލުން ކަންކަން އޮއްބާލަމުންދާތަން. މި ލެވެލްއަށް ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ރައްޔިތުން ނުކުމެ ވެރިން އެ ވެރިއެއް އަޒުލުކުރާނެ އިގޭތޯ

ޑރ ޖަމީލް ވިދާޅުވިއެވެ.

ދުނިޔޭގެ ފެންނަން ހުރި ހުރިހާ ހިސާބަކަށް ބެލިކަމުގައިވިޔަސް މީގެ މިސާލު ފެންނާނެ ކަމަށާއި ވެރިއަކަށް ދުސްތޫރީ އިމުން ނުވަތަ ގާނޫނީ އިމުން ބޭރުން ކަންތައްތައް ކުރުން ބާރު ލިބިގެން ނުވާ ކަމަށް ޑރ. ޖަމީލް ސިފަކުރެއްވިއެވެ.

މިގޮތުން، ދުނިޔޭގެ އެންމެ ބޮޑު މޮނާކް ނުވަތަ ރަސްކަން ކުރައްވާ އިނގިރޭސިވިލާތުގެ ރަސްކަމުންވެސް މިފަދަ މިސާލުތައް ފެނިގެން ދާކަމަށް ޑރ ޖަމީލް ސިފަކުރެއްވިއެވެ.

މިއާއިއެކު މުއިއްޒު އިސްވެހުރެ ހިންގަމުންދާ ކޮރަޕްޝަނާއި ރިޝްވަތުގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުޚީއަށް ހުއްޓުމެއްނެތި އަރަމުންދާއިރު މިފަދަ މައްސަލަތައް ނުބަލާ އޮއްބާލަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved