theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
... / ދައުރު
ސިޔާސީ
ކޮމިޓީގެ މައިކަށް ގެއްލުން ދިން މައްސަލާގައި 3 މެންބަރުންގެ އަތުން އަގު ނަގަން ނިންމައިފި
Yana Shareef
ޔާނާ ޝަރީފް
20 އޮކްޓޯބަރު 2025

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ބިލު ފާސްކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ތަނުގެ މައިކަކަށް ގެއްލުން ދިން މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރެއްގެ އަތުން އޭގެ އަގު ނެގުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮންކުރެއްވުމަށް ފަހު ވާހަކަ ދައްކަވަން ފެއްޓެވި އެވެ.

އޭގެ ފަހުން ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަމައިގަންނަން މަސައްކަތް ކުރެއްވި އެވެ.

އަދި އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި އިމްރާނަށް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވުމުގެ ތެރޭގައި މައިކަށް ވަނީ ގެއްލުން ލިބިފައި އެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކޮމިޓީ ބައްދަލުވުމަށް އެޖެންޑާކޮށް މަޝްވަރާކުރި އެވެ. އެ ގޮތުން ލިބުނު ގެއްލުން ފޫބައްދަން ހިނގި ހަރަދު މަޖިލީހުގެ އިދާރާއިން ސާފުކުރުމަށް ފަހު، އެ އަގު ނެގުމަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް އެވެ. ޝަމީޒްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގު އެވެ.

މަޖިލީހުގެ އޯޑިއޯ ލައިވް ސްޓްރީމުން އިރުކޮޅަކަށް އަޑު މެދުކެނޑުމަށް ފަހު ދެން އިވެނީ ކޮމިޓީ ބައްދަލުވުން ނިންމާލިކަން އިއުލާންކުރެއްވި އަޑެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީން ނިންމީ ޕީއެންސީ މެމްބަރު ޝަމީޒް ހުށަހެޅުއްވި ގޮތަށެވެ. އެ ގޮތުން ނިންމީ އޭރު މައިކް ކައިރީގައި ތިއްބެވި ތިން މެންބަރުންގެ އަތުން އަގު ނެގުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved