theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވައުދެއް ނުފުއްދައެވެ. ފެންނަނީ ސަންދޮކެއް ހިފައިގެން މާފަތި އަޅުވަމުން ދުވާތަނެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ވައުދެއް ނުފުއްދައެވެ. ފެންނަނީ ސަންދޮކެއް ހިފައިގެން މާފަތި އަޅުވަމުން ދުވާތަނެވެ.
20 އޮކްޓޯބަރު 2025
މާލެ ސިޓީ

ބަހެއް ބުނުމުގެ ކުރިން އެ ބަހަކީ ތިމާގެ އަޅެކެވެ. ނަމަވެސް ބަހެއް ބުނުމަސް ފަހު ތިމާ އެ ބަހެއްގެ އަޅަކަށް ވެގެން ދެއެވެ. އެކި ކަންކަމުގައި މީސްމީހުންނަށް ވާ ވައުދަކީ ވެސް ހަމަ އެފަދަ އެއްޗެކެވެ. ވައުދުވުމަށް ފަހު ތިމާ އެ ވައުދެއްގެ އަޅަކަށް ވެގެންދެއެވެ. އަދި އެ ވައުދު ފުއްދަން ވެސް ޖެހެއެވެ. އެއީ އެމީހެއްގެ މައްޗަށް އޮތް ދަރަންޏަކަށްވެސް ވެގެން ދެއެވެ.

ކަންމިހެން ހުރިއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ވެރިކަމަށް ވަޑައިގެންނެވި ޑރ މުހައްމަދު މުއިއްޒު، އެ އިންތިހާބުގައި ރައްޔިތުންނަށް ވީވައުދުތަކުގެ ޒައްރެއް މިސްގާލަތެއްވެސް ފުއްދިފައިނުވެއެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވަނީއެވެ.

ދުނިޔެއަށް އިންސާނާ އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. ނަމަވެސް އޭނާ ތަރުބިއްޔަތުކޮށް އިސްލާމީ އުސޫލުތަކުގެ މަތިން ބަލާ ބޮޑު ކުރަނީ އެނާގެ މައިންބަފައިންެނެވެ. އެ މައިންބަފައިން ދަސްކޮށްދިން ރީތި އުސޫލުތަކާ އެކު ފުރާފުރިހަމަވުމަށް ތިމާ އަމިއްލަ ފައިމައްޗަށް ތެދުވެ އެ އުސޫލުތަކުގައި ދެމެހެއްޓުމަކީ އެންމެ މުހިއްމު އެއް ކަމެވެ. އެގޮތުން ތެދުވެރިކަމާ އަމާނާތްތެރިކަމަކީ އެކަމުގެ އެންމެ މާތް ސިފަތަކެވެ.

ރައީސް މުއިއްޒުގެ ކިބައިން ރިޔާސީ އިންތިހާބުގައި އެ ރިވެތި ސިފަތަކުގެ މިންވަރުތަކެއް ފެނިގެން ދިޔަ ނަމަވެސް ވެރިކަން ލިބި އަތަށް ހެޔޮވަރަށް މަޖިލިސް ވެސް ލިބުމުން ދެން އަސްލު ސިފަ ދައްކަން ފެށިއެވެ. ބައެއް މީހުން ބުނެ އުޅެއެވެ. ކަންބަޅިއެއްގެ ކެހެރީގައި ފިލާ އޮތީ ހިޔަޅެކޭއެވެ. އަޅުގަޑު ބުނި އެއްޗެއް ނޫނެވެ.

ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއޭ ބުނާ އުސޫލު ހަމަ ލޮލުން ގާތުން ދުށުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ވައުދުތަކަކީ ތިމަން މަނިކުފާނުގެ މައްޗަށް އޮތް ވާޖިބެއްކަމާ އެ ދަރަނި ދައްކަން ޖެހޭނެ ކަން ހަނދުމަ ނައްތާލައްވާ އެކި އެކި ގައުމުތަކުން އެހީ ހޯދުމުގެ ނަމުގައާ އަދި އަމިއްލަފުޅަށް ހިތްޕޫލު އުފާކުރައްވަން ވެސް ދަތުރުފުޅު ކުރައްަމުން ގެންދެވީއެވެ.

އަނެއްކާވެސް އަނެއް އިންތިޚާބު އައިސް އަރާ ހަމަކުރަން ކައިރިވުމުން، ރައްޔިތުން ނަގާ ޅޮސް އުނދޯއްޏަށް ލުމަށް ރަށް ރަށަށް ވަޑައިގަންނަވަން ފެއްޓެވީ ގަދަ ވިއްސާރައިގައި މީހުންނަށް އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުންނަން މަޖްބޫރުކުރުވަމުންނެވެ. މާފަތިތައް ކައުންސިލްތަކުން މާލެއަށް އޯޑަރުކޮށްގެންނާ އެއްކޮށް ގެންގޮސް ވަރުވަރުން ރައީސް މިހާގެ ކަރުގައި މާފަތި އަޅުވަން މަޖްބޫރުކުރާ ލޯކަލް ކައުންސިލް މިނިސްޓަރު ހުންނަވަނީ ކަހާތަން ހިރުވާވެސް ނުލައްވައެވެ.

ނަމަވެސް ހިތްވަރު ގަދަ ކެރޭ ޖެހިލުން ކުޑަ ކައުންސިލަރުންނާ ކައުންސިލްތަކުގެ ރައީސުން ރައީސް މިހާ ބައިންދައިގެން ފާޑުކިޔުމާ ނުުރހުން އަމާޒުކުރިއެވެ.

ކޮންމެ އަކަސް ދެ އަހަރުވާން ގާތްވެފައިވާއިރު، އިންތިހާބެއް ބޯމަތިވެ ރައްޔިތުން މަތިން ޓަސްލާފައި ރައީސް މީހާ އާ ސަރުކާރުވެސް ހަނދާން ވެގެން އެއް ރަށުން އަނެއް ރަށެއް މާފަތި ރައީސް ސަންދޮކެއް ހިއްޕަވައިގެން ދުވާއިރު، ކުރިންވީ ވައުދުތައް ހުރީ ގޯނި ގޮނީގައި ތަރަވެފައެވެ. ބައެއް ވައުދުތައް ވިއްސާރަވެ ފެން ބޮޑުވުމުން ފެން ޖެހި ފޭދިފައިވެސް ހުރިކަމަށް ވެއެވެ.

އެކަންވާރެއްގައި ހުރި ދިޔައެއް މެނުވީ އެކަންވާރަކުން ނުނިކުންނާނެއެވެ. ސިމެންތި ގެށުމުން ޑޮކްޓަރޭޓު ފާސް ނަންގަވައިގެން ހުރުމުން މިފަހަރު ބޫޓު ކިބަ އުކަމުން، ގެންގުޅުއްވަނީ ކޮންކްރީޓު ގަށަން ސަންދޮކެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved