March 17, 2026
Advertisement
..
.. / ސްޓެލްކޯ

ރައްޔިތުންގެ ކަރަންޓުން ވައްކަން ކޮށްގެން މިދިޔަ އަހަރު ސްޓެލްކޯއަށް 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

Yana Shareef
ޔާނާ ޝަރީފް
Oct 20, 2025, 11:43 PM

ފާއިތުވި އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

Advertisement

އޮޑިޓު އޮފީހުން ވަނީ ސްޓެލްކޯގެ މާލީ ހިސާބުތައް އޮޑިޓު ކުރުމަށް ފަހު މިއަދު އާންމުކޮށްފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 3،212،100،254ރ. އާމްދަނީގެ ގޮތުގައި ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 508،199،656ރ. އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ސްޓެލްކޯއަށް ލިބުނު އާމްދަނީގެ ތެރެއިން 94 ޕަސެންޓަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން އެ ކުންފުނިން ހޯދާފައިވާ ފައިސާ އެވެ.

މިދިޔަ އަހަރު ސްޓެލްކޯގެ އޮޕަރޭޓިން ޕްރޮފިޓަކީ 200 މިލިއަން ރުފިޔާ އެވެ. އަދި ހުރިހާ ހަރަދެއް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 181 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނީ ގެއްލުމެވެ.

ސްޓެލްކޯގެ އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު ކަރަންޓު ބިލުތައް ބޮޑުވެގެން އާންމުންގެ ނުރުހުން އެ ކުންފުންޏަށް އަމާޒުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved