March 14, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އައްޑޫ ބައިކުރަނީ މިލިޓަރީ ބޭސްއެއް އަޅަން ބިން ދޭންކަމުގެ އަޑުތަކެއް ފެތުރިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 21, 2025, 12:51 AM
އައްޑޫ ސިޓީ

އައްޑޫ ސިޓީ ބައިބައިކޮށްލުމުގެ ފަހަތުގައި ފޮރުވިފައި އޮތް އެންމެ ބޮޑު އެއް ސިއްރަކީ އެ ސިޓީގައި ބޭރު ގައުމުގެއްގެ މިލިޓަރީ ބޭސްއެއް އަޅަން ބިން ދިނުންކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން ފޭދޫއާ ހުޅުދޫ އަދި މީދޫ ވަކިކޮށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ ހޯމް މިނިސްޓަރު އަލީ އިހުސާނުއާ އެމަނިކުފާނުގެ ބައްޕާފުޅު މަޖިލީހުގެ ފޭދޫ ދެކެނު ދާއިރާގެ މެމްބަރު އިބްރާހިމު ދީދީ އަޑީގައި ތިބެގެން ކަމަށާ އެކަމުގެ ފަހަތުގައި ފޮރުވިފައި ބޮޑެތި ސިއްރުތަކެއް ވާކަމުގެ އަޑުތަކާ ތހހުމަތުތައް މުޖުތަމައު ތެރޭގައި ފެތުރިފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިކުރަން އައިބީ އާ އިހުސާން ކަށިން ހިތްވަރު ނެރެ މަސައްކަތްކުރަމުން ދަނީ އައިބީގެ މަސްލަހަތު އޮތް ބައެއް ވިޔަފާރިތަކަށް ހިތުހުރި ގޮތަކަށް ބިން ނުލިބިގެންކަމަށާ އަދި އޭގެ އިތުރުން ފޭދޫއިން މިލިޓަރީ ބޭސް އެއް އަޅަން ބިން ދޫކުރުމުގެ ބޭނުމުގައި ކަމަށްވެސް އަޑުތަކެއް ފެތުރި ތުހުމަތުތަކެއް އަމާޒުވެފައިވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، ފޭދޫއަށް ކޮށްދިން ކަމަކާ ގެނައި މުހިއްމު ތަރައްގީއަކީ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީކަން އެރަށުގެ ރައްޔިތުން ގަބޫލުކުރާ ކަމަށާ އެހެން ނޫން ނަމަ އައިބީ މެމްބަރު ކަމުގައި މި ސަރުކާުގައި ދެ އަހަރު ވެގެން ދާއިރު އެންމެ ގަލެއްވެސް ބާއްވާލެވުނީސްކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved