theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގަވަރުނަރުކަމަށް މުނައްވަރު އާ ރައީސް މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
އެމްއެމްއޭއިން ފައިސާ އިންވެސްޓްކުރުމަކީ ވެސް ހަމަ ފައިސާ ޗާޕްކުރުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
20 އޮކްޓޯބަރު 2025
މާލެ ސިޓީ

މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ އިގުތިސޯދީ ނަތީޖާއަކީ ހަމަ ފައިސާ ޗާޕުކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕިއެންއެފްގެ ޓައުން ހޯލުގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕެންޝަން ފަންޑަށް 2.5 ބިލިޔަން ރުފިޔާ އެމްއެމްއޭއިން އިންވެސްޓުކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމާ އެއްފަދަ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފައިސާ ޗާޕްކުރުމުން އެ ކަމަށް ހަޖޫޖެއްސެވި ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނޭ ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ރަނގަޅު ކުރަން އެއްވެސް ކަމެއް ނުކުރާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ "އިތުރަށް ގޯސް މި ކުރަނީ،" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް ފައިސާ އިގުތިސޯދަށް ނެރުމެކޭ، ޗާޕުކޮށްގެން އާ ނޫޓު ގެނައުމެކޭ ވާނީ އެއްގޮތް ކަމަށެވެ. ދެ މުއާމަލާތުގެ އިގުތިސާދީ ނަތީޖާއަކީ ވެސް ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ޕެންޝަން އޮފީހުގެ ފަންޑަކަށް އިންވެސްޓްކުރުމުން، ޕެންޝަން އޮފީހުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރަނީއެވެ.

އެ ފައިސާ މި ލިބެނީ މިނިސްޓްރީ އޮފް ފިނޭންސަށް ނޫނިއްޔާ ސަރުކާރަށް ބޭނުންވާ ކަމަކަށް. މި ދައްކަނީ ދެ ބިލިޔަންގެ ވާހަކަ. އެއީ ހަމަ ނޫޓު ޗާޕުކުރުމުގެ ނަތީޖާ ނުކުންނަނީ. އެކަމަކު، ތެދެއްމެ، މި ވެނި ދުވަހަކު އިހަށް ދުވަހު ނޫޓު ޗާޕު ޖަހައިގެން ގެނައިއްޔަކީ ނޫން

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވި، ސަރުކާރުން ހިންގާ ގޯސްތަކުގެ ތަކުލީފު ޖެހޭނީ ރައްޔިތުންނަށް ކަމަށެވެ.

ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. އެ މުއާމަލާތާ ގުޅިގެން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved