March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަނދުރޭ ގިނަ އިވެންޓްތަކަށް މިހާރުދަނީ މަތިންބައިން ޖެހިގެން: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 21, 2025, 04:04 PM
މާލެ ސިޓީ

ޕީޕީއެމް ޕީއެންސީގެ ހުރިހާ ކެމްޕެއިން ތަކެއްގައި ލ. އަތޮޅަށް ކުރާ ހުރިހާ ދަތުރެއްގެ އާރުކާޓީއަކަށް މީގެ ކުރިން އެންމެ އިސްވެ ހުންނަ އަބްދުއްރަހީމް (އަދުރޭ)  މިހާރު ދަނީ މަތިން ބައިން ޖެހިގެން ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ލާމު އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ލ.މާވަށަށް ވަޑައިގެންނެވިއިރު މުއިއްޒަށް މަރުހަބާ ދެންނެވުމަށް އަދުރޭ ގޮސް ހުރުމުން އެކަމަށް ފާޑުވިދާޅުވެ މަލީހްވަނީ އެކްސްގައި ޕޯސްޓްކޮށްފައެވެ.

-
-

މުއިއްޒު ވެރިކަމަށް ހޮވުނީ އަދުރޭ ޖެހި މޮޅު ހިސާބުންކަމަށް އަދުރޭއާއި މުއިއްޒުމެން މީގެ ކުރިން ސިފަކޮށްފައިވާއިރު ވެރިކަމުގެ ދަހިވެތިކަމުގައި ޖެހި ހިސާބުވެސް ނުބައިވެ ނަންބަރުތައް މިފަހުން އޮޅިފައިވާ ކަމުގެ ޚަބަރުތައް މީގެ ކުރިން ފެތުރިފައިވެއެވެ.

އަދުރޭ އަމިއްލައަށް މަތިންބައިން ޖެހިގެން ރައީސް މުއިއްޒުގެ އިވެންޓްތަކަށް ދިޔުމަކީ އަޚްލާގީ ގޮތުން ދަށް ފެންވަރުގެ ކަމެއް ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށް މަލީހްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަދި މި  ސަރުކާރުން އަދުރޭއަށް ދިނީ ފެންކައްކާ ބޮލީގެ އިއްޒަތް ކަމަށާއި އެގޮތަށް ކަންތައްވީ އަދުރޭއަށް ހިސާބުޖަހަން ނޭގޭތީ ކަމަށް ބުނެ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved