March 14, 2026
Advertisement
...
... / ރައީސް އޮފިސް

އަދުރޭ މުއިއްޒަށް ތައުރީފުކުރަން މަޖުބޫރުވި އަޑުތަކެއް ފެތުރެނީ

Yana Shareef
ޔާނާ ޝަރީފް
Oct 21, 2025, 09:37 PM

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله, ރައީސް ޑރ.މުހައްމަދު މުއިއްޒަށް ތައުރީފުކުރަން ޖެހިވަޑައިގަތީ މަޖުބޫރުވެގެންކަން ހާމަވެއްޖެއެވެ.

Advertisement

އިތުބާރު ހިފޭ ފަރާތަކުން ތޭރައޮންލައިނަށް ބުނީ އަދުރޭ, މުއިއްޒަށް. ސަނާ ކިޔަން ޖެހުނީ މަޖުބޫެރުވެގެންކަމަށެވެ.

އަދުރޭގެ ރަށް, ލ, ފޮނަަދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރަށް ސަނާ ކިޔާފައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ފޮނަދޫއަށް ވަޑައިގެން، ވެވަޑައިގެންނެވި ހުރިހާ ވައުދެއްހެން ފުއްދެވުމަށް އެކަންކަމުގެ އަމަލީ މަސައްކަތް ފެށުމާހަމައަށް މިހާރު އާދެވުނީ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސަށް "އައްސަރިބަހާއި ސާބަސް" ދަންނަވަމުން އަދުރޭ ވިދާޅުވީ މަޝްރޫއުތައް ލަސްވުމަކުން ޝަކުވާއެއް ނެތް ކަމަށެވެ.

މިހުރިހާ މަޝްރޫއެއް އެއްފަހަރާ ފަށައިގަނެވޭވަރު މިހާރު ސަރުކާރުގައި އޮތް ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ގައުމު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަން އަދުރޭ ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައީސްގެ ވިސްނުންތެރިކަމާ އެކު، ކަމަކަށް ފަހު ކަމެއް ކުރައްވަމުން ވަޑައިގެން، ވެރިކަމަށް ދެ އަހަރުވާން ގާތްވެފައި ވާއިރު ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ފޮނަދޫ ރައްޔިތުން ތިބީ ރައީސް މުއިއްޒުއާ އެކު ކުރިއަށްދާން ތައްޔާރަށް ކަމަށާއި ފޮނަދޫ ރައްޔިތުންނަކީ ވާނުވާ ބަލައިގެން ކުރިއަށްދާ ބައެއް ކަމަށް ވެސް އަދުރޭ ވިދާޅުވި އިރު މި ހުރިހާ ވާހަަކައެއް ދެއްކުމަށް މުއިއްޒު ވަނީ އަދުރޭ އަށް މަޖުބޫރުކޮށްފައެވެ.

އަދުރޭ އާއި މުއިއްޒާ ދެމެދު ދެކެވުނު ވާހަކަތައް އަޑު އިވުނު ފަރާތް ތޭރަ އޮންލައިނަށް ބުނީ ދެމީހުން ދެމެދު ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ވަރަށް ބޮޑަށް އުފެދިފައިވާކަމަށެވެ.

މީގެިކުރިން އަދުރޭ މުއިއްޒު ކުރިމަތީ ކުޑަކަކޫ ޖެހީ ދަރިކަލުން އިބްރާހިމް ފައިސަލަށާއި އަދުރޭގެ މުޅި ހާންދާނަށް ވަޒީފާ ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަހަރު މަޖުބޫރުވީ ކޮން ސަބަބަކާހުރެކަން އަދި ސާފުވެފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved