theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަކަރުން ހޭން ތިބެ ގައުމު ދަވާލަން ރައްޔިތުން ފުރުސަތު ނުދޭނެ: ރ ޖަމީލު / ސަން އޮންލައިން
ސިޔާސީ
މަކަރުން ހޭން ތިބެ ގައުމު ދަވާލަން ރައްޔިތުން ފުރުސަތު ނުދޭނެ: ރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
21 އޮކްޓޯބަރު 2025
މާލެ ސިޓީ

މަކަރުން ހޭން ތިބެ ގައުމު ދަވާލަން މި ސަރުކާރަށް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ،ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެމްޑީޕީއިން ފ. އަތޮޅު މަޝްރޫއު ހުއްޓިވި ގޮތަށް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަޝްރޫއުތައް މަގުމަތިން ހުއްޓުވަން ފުރުސަތު ނުދޭނެކަމަށް، ބާރަށް ދާއިރާގެ މެމްބަރު އަދި މި ސަރުކާރުގައި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ގިނަ އިވެންޓުތަކެއް މެނޭޖުކުރަން ސަރުކާރުން ތެރެއިން ޖަރީމާ ހިންގާކަމަށް ތުހުމަތު އޮންނަ އިބްރާހިމު ޝުޖާއު ވިދާޅުވެފައިވާ ވުމަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރޖަމީލު މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ، އެންމެ ބޮޑު ފެމުނުތައް ޙިމާޔަތް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ބިޔަބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. ތަންދޮރު ނޭނގޭ މީހުންނާއެކު މިސަރުކާރުން ކުރިޔަށްދާ ބިޔަ އިންވެސްޓްމަންޓު ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރުގެ ކުލަ ނުވި ކަނޑު އަޑީ ޓަނަލްއާ ތެދު ނުވި އިންވެސްޓް ބޭންކގެ ހުވަފެނާ 400 މިލިއަން ޑޮލަރ އަހަރަކު ލިބޭ ބަންކަރިންގެ ބައިސާއާ އައްޑޫ މީދޫ އާ ހިތަދޫއާ ދެމެދު އަޅަން ހުވަފެން ދެއްކި ބްރިޖުގެ ވާހަކަ ހިމެނެއެވެ.

އެ ކަންކަން ނުހިނގާ އޮތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ އެކަންކަން ބަޔަކު ހުއްޓުވިތޯ ސުވާލު އަމާޒުކުރައްވާފައެވެ. ޑރ ޖަމީލު ވަނީ ޝުޛާއުގެ އެ ވާހަކަތަކަށް ނުުރހުން އަމާޒުކުރައްވާ ސަރުކާރުގެ ތެރޭގައި އޮތީ ނުކުޅެދޭ ޖަމާޢަތެއް ކަމަށް ވިދާޅުވެ އެ ޖަމާއަތަށް އެއް ކަމެއްވެސް ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިހުރިހާ އިންވެސްމަންޓްތަކަށް ވުރެ ބޮޑީ އިވަންޓް މެނޭޖްމަންޓް ކުންފުނިތަކުން ދަވާލާ ފައިސާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އެކަން ހުއްޓުވަން ޔަގީނުންވެސް ރައްޔިތުން ތެދުވާނެ ކަމަށާ އަދި މަކަރުން ހޭން ތިބެ ގައުމު ދަވާލަން ފުރުސަތެއް ނުދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ތިބި ބަޔަކު ނަމަ އެކަން ބަލަން ތިބޭނެ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved