March 13, 2026
Advertisement
އަދުރޭ ނުސީދާކޮށް މުއިއްޒަށް ފުރައްސާރަކޮށްފި
އަދުރޭ ނުސީދާކޮށް މުއިއްޒަށް ފުރައްސާރަކޮށްފި / ރައީސް އޮފިސް

އަދުރޭ ނުސީދާކޮށް މުއިއްޒަށް ފުރައްސާރަކޮށްފި

Oct 22, 2025, 01:43 AM
ލ އަތޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ، ރައީސުލްޖްހޫރިއްޔާ މުހައްމަދު މުއިއްޒަށް ނުސީދާކޮށް ފުރައްސާރަކޮށްފިއެވެ.

Advertisement

އަދުރޭ މިފަދަ ގޮތަކަށް އަމަލު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހައްދުން މައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ އަދުރޭގެ އުފަން ރަށް ފޮނަދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަދުރޭ ވަނީ މި ސަރުކާރުގެ ޕްރޮޖެކުޓުތައް ކުރިއަށް ނުދާކަން ރައްޔިތުން ފާހަގަކުރާކަން ސަމާލުކަމަށް ގެނެސްފައެވެ. މީގެ އިތުރުން އޭނާ ވަނީ މަޖާޒީ ގޮތަކަށް ސަރުކާރަށް ނުސިދާކޮށް ފާޑުިޔާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ތާރީޚުގައި މިހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ފެށި ސަރުކާރެއް ނެތް ކަމަށް އަދުރޭ ބުނެފައިވެއެވެ. އެރޭ އެކަނި ވެސް ގިނަ މަޝްރޫއެއް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ކަން ފާހަގަކުރައްވައި އަދުރޭ ވަނީ ސަރުކާރުގެ މަޝްރޫއުތައް ފައިސާ ނެތި ފައިސާ ހޯދުމުގެ ގާބިލުކަން އަދި ސަރުކާރުގައި ނެތި އެ މަޝްރޫއުތައް ހުއްޓިފައިވާ ކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒުއަށް ފުރައްސާރަކުރުމަށް ފަހު އަދުރޭ ވަނީ ރައީސް މުއިއްޒު ޅޮސް އުނދޯއްޔަށް ވެސް އަރުވާފައެވެ. އަދުރޭ ވަނީ މަޝްރޫއުތަކުގެ މަސައްކަތްތައް އެއްވެސް ލަސްވުމެއް ނެތި ރައީސް މުއިއްޒު ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަ ވިދާޅުވެ ހައްލާލާފައެވެ.

މީގެ އިތުރުން އަދުރޭ ވަނީ މި ސަރުކާރުގެ ވައުދުގެ ލިސްޓު ދިގު ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved