theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތ. ގުރައިދޫގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. / ރައީސް އޮފިސް
ސިޔާސީ
ސަރުކާރުން ހިންގާ ކަންކަމުގެ ތަކުލީފު ޖެހޭނީ ރައްޔިތުންނަށް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
21 އޮކްޓޯބަރު 2025
މާލެ ސިޓީ

ސަރުކާރުން ހިންގާ ކަންކަމުގެ ތަކުލީފު ޖެހޭނީ ރައްޔިތުންނަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތައް ކުރުވަމުން ޕްރޮޖެކުޓުތައް ހިންގުވަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒު އެކި ރަށް ރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަދަ މަސައްކަތްތައް ކުރުވަމުން ގެންދާކަަން ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއޭސީއެލްއަކީ ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު ކަމަށާ ކުންފުނި ހަލާކުވެގެން ދިޔައީމާ އެ ގެއްލުމުގެ ބަދަލު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުންފުނީގެ އެމްޑީއަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެންގެވި ނަމަވެސް ކުންފުނީގެ މެންޑޭޓުން ބޭރުން ކަންކަން ކުރުމުގެ އިޚްތިޔާރާ ބާރު ލިބގެންނުވާ ކަމަށެވެ. އަދި ފަހުން އެކަންކަމާ ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެމްއޭސީއެލް އިން ވަނީ އެ ކުންފުނީގެ 100 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް ބިން ހިއްކުމަށް ހާއްސަކޮށްގެން ކުންފުންޏެެއް އުފައްސާފައެވެ. އެ ކުންފުނީގެ ނަމަކީ "ޕެނިންސޫލާ އިންފްރާސްޓްރަކްޗާ" އެވެ. އަދި އެ ކުންފުނީގެ އެމްޑީޕީގެ ގޮތުގައި އިކޮނޮމިކު މިނިސްޓްރީގެ ސައިޓުން ފެންނަން އޮތީ ވެސް އެމްއޭސީއެލްގެ އެމްޑީ ޝަރީފުގެ ނަންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved